English Edition
Dhivehi Edition

ޕީސީއާރު ނެތި މިހާރު ހުވަދު އަތޮޅުގެ 02 ރަަށަކަށް ދަތުރުކުރެވޭނެއެވެ.

ޕީސީއާރު ޓެސްޓް ހަދަން ނުޖެހި ބައެއް ރަށްތަކަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ނިންމި ނިންމުމުގެ ދަށުން މިވަގުތު ހުވަދު އަތޮޅުގެ ގއ. ދެއްވަދޫ އަދި ގދ. ރަތަފަންދޫ އަށް ދަތުރުކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހުވަދު އަތޮޅުގެ 02 ރަށާއެކު ޖުމްލަ 28 ރަަށަކަށް މިވަގުތު ޕީސީއާރު ނެތި ދަތުރުކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ހެލްތް މިނިސްޓްރީގެ ލިސްޓްގައި އޮތީ ހއ. އުލިގަމާއި ހއ. މުރައިދޫ އާއި ހދ. ހިރިމަރަދޫ އާއި ހދ. ނެއްލައިދު އާއި ރ. މަޑުއްވަރީ އާއި ރ. މީދޫ އާއި ރ. އަލިފުއްޓާއި ބ. ފެހެންދޫ އާއި ބ. ފުޅަދޫ އާއި ބ. ދޮންފަނާއި ބ. ކިހާދޫ އާއު ބ. އޭދަފުއްޓާއި ބ. މާޅޮހާއި ބ. ކަމަދޫ އާއި އއ. މަތިވެރި އާއި އދ. ދިގުރަށުގެ އިތުރުން އދ. ފެންފުއްޓާއި އދ. ދިއްދޫ އާއި ވ. ރަކީދޫ އާއި ވ. ފެލިދޫ އާއި ވ. ކެޔޮދޫ އާއި ވ. ފުލިދޫ އާއި ފ. މަގުދޫ އާއި ފ. ދަރަނބޫދޫ އާއި ފ. ފީއަލިގެ އިތުރުން ލ. ހިތަދޫ އާއި ގއ. ދެއްވަދޫގެ އިތުރުން ގދ. ރަތަފަންދޫ އެވެ.