English Edition
Dhivehi Edition

މިއަދު ހެދުނު ގއ.ދެއްވަދޫ ކައިރިޔަށް އެންދަމަން ފޭބިމީހަކު މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވިގޮތުގައި ދެއްވަދޫ ކައިރިޔަށް އެންދަމަން ފޭބިމީހާ ހާލުދެރަވެގެން ފަރުވާދިނުމަށްޓަކައި ދެއްވަދޫ ސިއްޙީ މަރުކަޒަށް ގެންދެވުނުއިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 4:40 ހާއިރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ އައްޑޫސިޓީ އަށް ނިސްބަތްވާ ދޯންޏެއްގައި މަސައްކަތް ކުރާ އައްޑޫ މީހެކެވެ.

މިހާދިސާގައި މަރުވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެކެވެ.