English Edition
Dhivehi Edition
މީދޫގައި ބޭއްވި "އެޖެންޑާ-19 " ޖަލްސާގައި މެމްބަރު ނިޒާރު ވާހަކަ ދައްކަވަނީ- ފައިލް ފޮޓޯ ލުބްނާ އޭއޯ ނިއުސް

މާލީ ގޮތުން މިފަދަ ދަތި ދުވަސް ކޮޅެއްގައި މަޖިލީސް އެއް އަހަރަށް ސަސްޕެންޑްކޮށް ބާއްވައިފިނަމަ ދައުލަތަކަށް 900 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް އައްޑޫ ސިޓީ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ

ނިޒާރު މިހެން ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ދައުލަތުގެ މާލި ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި އިންތިހާބު ބާއްވަން އުޅޭތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހްމަދު ސަލީމް ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. މި ވާހަކަތަކާއި ގުޅިގެން ނިޒާރު ކުރެއްވި ޓުވިޓްގައި ވަނީ މަޖިލީސް އެއް އަހަރު ދުވަހަށް ސަސްޕެންޑްކުރުމަށް އެއްބަސް ވެދާނެތޯ ވިދާޅުވެ ސަލީމް އާއި ސުވާލުކުރައްވާފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސުލް އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް “ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު”ގެ އިބްތިދާއީ ބަހުސް މިއަދު ފަށާފައިވާއިރު ސަލީމް ވިދާޅުވީ އިންތިހާބެއް ބޭއްވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ކަމަށާއި ހާއްސަކޮށް ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި އިންތިހާބު ބޭއްވުމަކީ ވަކިން ހަރަދު ބޮޑުވާނެ ކަމެއްކަމަށެވެ.