English Edition
Dhivehi Edition

އައްޑޫ ސިޓީގެ ގަން އިންޓަނެޝަނަލް އެއާޕޯޓް އޮންނަ ގަމުގެ އެއްވެސް ސަރަހައްދަކަށް ޕިކްނިކް ގޮސް އަދި މަސް ބާނަން ވަނުމަކީ މަނާ ކަމެއް ކަމެއް ކަމަށް އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ އިން ބުނެފިއެވެ.
އޭއައިއޭ އިން އާދިއްތަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ 05 ނޮވެމްބަރު 2014 ވަނަ ދުވަހު އާއްމު ކޮށްފައިވާ އިއުލާނުގައި ގަމަށް ޕިކްނިކް ދަތުރު ދިއުމާއި މަސްބޭނުމަށް ވަދެ އުޅުމަކީ މަނާ ކަމެއް ކަމަށް އަންގާފައި ވީނަމަވެސް އެއިއުލާނާއި ހިލާފަށް ބައެއް ފަރާތްތަކުން އަމަލު ކުރަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

އިއްޔެ އޭއައިއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގަމުގެ އެއްވެސް ސަރަހައްދަކަށް އާންމުން ޕިކްނިކް ދަތުރު ދިއުމާއި، މަސް ބޭނުމަށް ވަދެ އުޅުމަކީ މަނާ ކަމެއްކަން ހަނދާންކޮށްދޭކަމަށެވެ. އަދި އެފަދަ ބޭނުންތަކަށް ގަމަށްދާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އައްޑޫ އިންޓަނެޝަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ގަމަކީ ބައިނަލްއަގްވާމީ އެއާޕޯޓެއް ހިންގާ ތަނަކަށް ވާތީ އެއާޕޯޓްގައި އަމަލު ކުރަން ލާޒިމް ކުރާ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވައިދުތައް ހެދިފައި ހުރުމާ އެކު އޮޅުކޮށްގެން ދޫނި ގެންގުޅުމަކީ ވެސް އެއާޕޯޓްގެ ސަލާމަތީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމެއް ކަމުގައި ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން ގަމުގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ބާވަތެއްގެ ދޫނި އާލާ ކުރުމާއި އޮޅުކޮށްގެން ގެންގުޅުމަކީ މަނާ ކަމެއް ކަމުގައި އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނެފައިވަނީ އެ އެންގުމާ ހިލާފުވާ ފަރާތްތަކާމެދު 10 ސެޕްޓެމްބަރު 2017 ވަނަ ދުވަހުން ފެށިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.