English Edition
Dhivehi Edition
އޭއައިއޭ އިން ހިންގާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް - ފޮޓޯ: މިހާރު

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ..

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ވެބްސައިޓާއި، އެއާޕޯޓް ބްރޯޝަރ ފަރުމާކޮށް ތަރައްޤީ ކޮށްދިނުމަށް ޝައުޤުވެރިވާ އަދި ޝަރުތު ފުރިހަމަވާ ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ މަސައްކަތާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 22 ޑިސެންބަރު 2020 ވަނަ ދުވަހުގެ 11:00 ގައި އެޑްމިން އޮފީސް އިމާރާތުގައެވެ. އަދި އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ސުންގަނޑި އަކީ 29 ޑިސެންބަރު 2020 ވަނަ ދުވަހުގެ 11:00 އެވެ. އިޢުލާނުގައި ބުނެފައިވާ ގޮތުން އެ މަސައްކަތަށް ބީލަން ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

މީގެ ކުރިން އެ މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ސެޝަން ބާއްވަން ނިންމާފައި ވަނީ މާދަމާ ކަމުގައިވާއިރު، ބީލަން ހުޅުވާލީ ޑިސެންބަރު 24 ވަނަ ދުވަހުގެ 11:00ގެ ނިޔަލަށެވެ.