English Edition
Dhivehi Edition
ނިލަންދޫ ދާއިރާގެ މެންބަރ ޑރ. އަބްދުއްﷲ ޚަލީލު

ވެރިކަމުގައި ހުންނަވައިގެން އެބޭފުޅަކަށް ތާއީދުކުރާ ރައްޔިތުން ނެރެ މަގުތައް ހަލަބޮލި ކުރި ހަމަ އެކަނި ވެރިޔަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ނިލަންދޫ ދާއިރާގެ މެންބަރ ޑރ. އަބްދުއްﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅެއްގެ ގެދޮރާ މުދާ ދައުލަތަށް ނެގި ހަމައެކަނި ވެރިޔަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. މީގެ އިތުރުން ހަލީލު ވިދާޅުވީ ރައްޔިތުން މަގުތަކަށް ނެރެ މުޒާހަރާ ކުރެއްވުމަކީ ޑިމޮކްރަސީއަށް ތަބާވާ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަންކުރާ ގޮތެއް ނޫން ކަމަށެވެ. އަދި ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ވެރިކަން ކުރެއްވީ ހުޅަނގުގެ މީހުންނަށް ރަގަޅުވާނެ ގޮތްތައް ބަލައިގެން ކަމަށާއި، ނަޝީދުގެ ވެރިކަމުގައި ދިވެހިންނަށް ލިބުނީ ގެއްލުން ކަމަށްވެސް ޚަލީލު ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ބައެއް ފަރާތްތަކާ އެކު ފެށި މަސައްކަތް ވަކިކޮޅެއްގައި ނުޖެހި އުޅެނިކޮށް ކުއްލިއަކަށް އިދިކޮޅު އިއްތިހާދުން 2018 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ނަޝީދު ކަމަށް ވިދާޅުވެ އެމަނިކުފާނު އަމިއްލަފުޅަށް މިހާރު ގޮތް ނިންމަވާފައިވާކަމަށް ބުނެ ހަލީލުވަނީ ނަޝީދުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.