ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވުޒާރާތަކުންނާއި ކޮމެޓީތަކުން ހާޒިރުވެވަޑައިގަންނަވާ ބޭފުޅުން ދޮގު މަޢުލޫމާތު ދޭނަމަ އެކަން ތަޙްގީގުކޮށް އެފަދަ ފަރާތްތަކަށް ދައުވާ ކުރަށްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިގޮތަށް ވިދާޅުވެފައިވަނީ މިއަދު މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ މަޖިލީހަށް ވަޑައިގެން އިތުރު ހެއްދެވުމަކީ ޖިނާއީ ކުށެއް ކަމަށާއި ދެން މަޖިލީހަށް ބޭފުޅަކު އެ ބާވަތުގެ ކަމެއް ކުރައްވާކަން ފާހަގަ ކުރެވިއްޖެ ނަމަ ތަޙުގީގު ކުރެވޭނެ ކަމަށާއި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އަރިހުގައި ދެންނެވޭނެ ކަމަށެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައިވާއިރު މިހާރު ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލީހަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ސަރުކާރުގެ ކޮންމެވެސް ވުޒާރާއަކުން ނޫންނަމަ ކޮމިޓީއަކުން ހާޒިރުވެއެވެ. މީގެ ތެރޭގައި މިނިސްޓަރުންވެސް ހިމެނިވަޑައިގަންނަވަ އެވެ.