English Edition
Dhivehi Edition

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އަދި އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ އަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.

އަނުޝްކާ ވިހާފައިވަނީ މުމްބާއީގައި ހުންނަ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި އެވެ. އަނުޝްކާ އާ ވިރާޓަށް ދަރިއަކު ލިބެން އުޅޭކަން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރު އޮގަސްޓްމަހު އެވެ. އަނުޝްކާ ވިހޭކަން ސޯޝަލް މީޑިއާގައި ހާމަކުރަމުން ވިރާޓް ބުނީ މިއަދު މެންދުރު އަނުޝްކާ ވިހައިފި ކަމަށާއި ދެމައިންގެ ހާލުވެސް ރަނގަޅުކަމަށެވެ. މީގެ އިތުރުން ވިރާޓް ބުނީ ދިރިއުޅުމުގެ މި ބާބު ފެށުމަށް ކެތްމަދުވެފައި ހުރިކަމަށެވެ.

Image

ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު އަނުޝްކާ އާއި ވިރާޓް ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރު އިޓަލީގައެވެ.