English Edition
Dhivehi Edition

އަނުޝްކާ އާއި ވިރާޓް ވެފައިވަނީ ކިތަންމެ ދުރުގައި ތިބެންޖެހުނަސް ދެމަފިރިންގެ ދެމެދުގައި އޮންނަ ލޯބި ވަރުގަދަ ކުރުމަށް ވަރަށް މަސައްކަތް ކުރާ ޖޯޑަކަށެވެ.

މިގޮތުން މިފަހަރު ފާހަގަކޮށް ލެވުނީ އަނުޝްކާ އޭނާގެ ފިރިމީހާ ވިރާޓް ކުޅޭ ޓީ-20 މުބާރާތުގެ މެޗަށް އޭނާގެ ސަޕޯޓް ދުރުގައި ހުރެގެން ދައްކާލި ފައްކާ ގޮތެވެ. މިވަގުތު އެމެރިކާގައި ފިލްމް”ޒީރޯ” ގެ މަސައްކަތުގައި ޝާހްރުކްޚާން އާއިއެކު ހަރަކާތްތެރި ވަމުންދާ އަނުޝްކާ އޭނާގެ ފިރިމީހާ އަށް ސަޕޯޓް ކުރުމުގެ ގޮތުން ޓީޝާޓެއްގެ ފަހަތުގައި ވިރާޓް ކޯލީ އަދި ނަމްބަރު 18 ޖެހުމަށްފަހު އެ ޓީޝާޓް ލައިގެން ފުރަގަހަށް އެނބުރި ހުރެ ނަގާފަ ހުރި ފޮޓޯއެއް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ކެޕްޝަނަކަށް “ކަމް އޮން ބޯއިސް” ޖަހާފައިވެއެވެ.

ކިތަންމެ ދުރުގައި ހުއްޓަސް ފިރިމީހާ އަށް ސަޕޯޓްކުރުމުގައި ދެމިހުރިކަން އޭނާ މިވަނީ އޭނާގެ ބިޒީ ޝެޑިއުލްގެ ތެރެއިން ވެސް ދައްކާފައެވެ.