English Edition
Dhivehi Edition

ރަބްނޭބަނާދީ ޖޯޅީ އިން ބޮލީވުޑަށް ތައާރަފްވި މަޝްހޫރު އެކްޓްރެސް އަނުޝްކާ ބަނޑުބޮޑުކަމަށް ދެކެވޭ ވާހަކަ އޭނަ ދޮގުކޮށްފިއެވެ.

އަނުކްޝާ ދެންއެންމެ އަވަހަށްފެނިގެންދާ ފިލްމް “ޒީރޯ” ގައި މަސައްކަތް ކުރަމުންދަނިކޮށް ބަނޑުބޮޑުކަމަށް އަޑުފެތުރިފައިވާ އިރު އޭނަ މަޝްހޫރު ކްރިކެޓްކުޅުންތެރިޔާ ވިރާޓްކޯލީ އާއި ކަވެނިކުރި އިރުވެސް ބަނޑުބޮޑުކަމަށް އަޑުފެތުރުނެވެ. ނަމަވެސް އޭރުވެސް އަނުޝްކާ ބުނެފައިވަނީ އެއީވެސް ބަޔަކު ފެތުރި އަޑުތަކެއްކަމަށެވެ.

ދާދިފަހުން ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން އަނުޝްކާބުނީ، އަބަދުވެސް ސެލެބްރިޓީއަކު ކައިވެނި ކުރަންއުޅެންޏާ ބަޔަކު އެކަހަލަ އަޑުތަކެއް ފަތުރާކަމަށެވެ. އަދި ކައިވެންޏަށްފަހުވެސް އެގޮތަށް ވާހަކަ ދައްކާ ކަމަށާއި ނަމަވެސް އޭނަ އެކަހަލަ ވާހަކަތަކަށް މާބޮޑުސަމާލުކަމަށް ނުދޭކަމަށެވެ. އަދި މީހަކު ބަލިވެއިނުމަކީ ސިއްރު ކުރެވޭނެ ކަމަކަށް ނުވާއިރު އޭނަ އެދުވަހަކުން އެއްވެސް މީހަކަށް ސިއްރު ނުކުރާނެކަމަށް ވެސް ބުންޏެވެ.

އުމުރުން 30 އަހަރުގެ އަނުޝްކާ މިއަހަރުތެރޭގައި މިހާތަނަށް ވަނީ ތިން ފިލްމުން ފެނިފައެވެ. ދެން ފެނިގެންދާނީ ޑިސެމްބަރ މަހު ރިލީޒް ވާ ފިލްމް ޒީރޯއިންނެވެ. ޒީރޯގައި އަނުޝްކާ ފެނިގެންދާނީ ނުކުޅެދުންތެރިކަން ހުންނަ ނާސާ ސައިންޓިސްޓެއްގެ ރޯލުންނެވެ.