English Edition
Dhivehi Edition

އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި އަނުޝްކާ ޝަރްމާ(31 އ) އާއި އޭނާގެ ބައިވެރިޔާ އަދި މޮޅު ކްރިކެޓް ކުޅުންތެރިޔާ ވިރަތް ކޯލީ (31 އ)، އިނގިރޭސި ވިލާތަށް ކުރި ހަނދާނުން ނުފޮހެލެވޭނެ ދަތުރު ނިންމާފައި ބުރާސްފަތި ދުވަހު އިންޑިޔާއަށް އެނބުރި އައިސްފި އެވެ.

އަނުޝްކާ އާއި ފިރިމީހާ އެކުގައި ފެނިގެން ދަނީ ވަރަށް “ކިއުޓް” ޖޯޑެއްގެ ގޮތުގައެވެ. ނަމަވެސް އެންމެންގެ ސަމާލުކަން ހުއްޓުނީ އަނުޝްކާގެ އަތުގައި އޮތް އަތް ދަބަހަށެވެ.ދަބަހަށް ދިއުމުގެ ކުރިން އަނުޝްކާގެ ހެދުމަށް ބަލާއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ރޮނގުބުރިތަކެއް ތަކެއް ދަމާފައި ހުރި ކުރު ހެދުމެކެވެ. އަނުޝްކާގެ އެ ހެދުމުގެ އަގަކީ 16,729 ދިވެހި ރުފިޔާއެވެ.

އަނުޝްކާގެ އަތުގައި އޮތް ބްރޭންޑެޑް ދަބަސް،ކޯޓެސީ ސައިންޓް ލައުތެންޓް ގެ އަގަކީ 22,143 ދިވެހި ރުފިޔާއެވެ. މި ދަބަހަކީ މާޝްހޫރު ބްރޭންޑެއް ކަމުގައިވާ ރައިވް ގޫޗް ޓޫޓް ބްރޭންޑްގެ ދަބަހެކެވެ.

2008 ވަނަ އަހަރު ނިކުތް “ރަބް ނޭ ބަނާ ދީ ޖޯޑީ” އިން ފުރަތަމަ ފަހަރަށް ފެނިގެން ގޮސްފައިވާ އަނުޝްކާ އަކީ މިހާރު އިންޑިޔާގެ ފިލްމީ ދާއިރާގައި އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ފަންނާނުންގެ ތެރެއިން އެއް ފަންނާނެވެ.