ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ އޭނަގެ ފިރިމީހާ ވިރާޓް އާއި ކައިވެނިކުރީ އޭނަ ދެކެ ހަގީގީ ލޯބިވާތީ ކަމަށް ބުނެފިއެވެ.
“އަހަރެން ކައިވެނިކުރީ ޅައުމުރުގައި. އަހަންނަށް 29 އަހަރު މި އުމުރަކީ ބޮލީވުޑް ކެރިއާގައި އަދި ޅައުމުރެއް . އެހެން ނަމަވެސް ވިރާޓް އާ ދިމާވެ އޭނަދެކެ ހަގީގީ ލޯބި ވެވުނީމަ އަވަހަށް ކައިވެނިކުރީ” ދާދި ފަހުން ފިލްމް ފެއާ އެވޯޑްގައި ދިންއިންޓަވިއުއެއްގައި އަނުޝްކާ ބުންޏެވެ.
ވިރާޓް އަށް ތައުރީފް ކުރަމުން އަނުޝްކާބުނީ އޭނަގެ ފިރިމީހާ އަކީ އޭނަ އެންމެ ތެދުވެރިކަމާއެކު އަގުވަޒަންކުރާ އެކަކު ކަމަށެވެ. އަދި ދެމީހުންނަކީ ވެސް އެކަކު އަނެކަމަށް ވަރަށް ތެދުވެރި ގަދަރު ކުރާދެމީހުންނެވެ. ވިރާޓް ކަހަލަ މީހާކާ ދިމާވުމަކީ މިއަދު އޭނަ އެންމެ އުފާވާ އެއްކަން ކަމަށްވެސް އޭނާބުންޏެވެ. މީގެ އިތުރުން އަނުޝްކާ ބުނީ އެދެމީހުންގެ ހަޔާތުގެ ހުރިހާ ކަމެއްވެސް ދަނީ ހަގީގަތަށް ކަމަށެވެ. ދެމީހުންނަކީ ވެސް ދެމީހުންގެ ކެރިއާގައި ޕްރޮފެޝަނަލް ކޮށް މަސައްކަތް ކުރާދެމީހުން ކަމަށާއި އެކަކު އަނެކަކު ދާއިރަގައި ކުރާއެއްވެސް ކަމެއް ސީރިއަސްކޮށް ނުނަގާކަމަށެވެ.
އަނުޝްކާ ވިރާޓް އާއި ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ރައްޓެހިވެގެން އުޅުނީ ފިލްމީ ތަރި ރަންވީރް ސިންގ އާއެވެ. މިދެތަރިން ރުޅިވީ ވިރާޓް އާއި އެކު އަނުޝްކާ ކުޅުނު އިޝްތިހާރަކަށް ފަހު މިދެމީހުންގެ ގުޅުން ބަދަހިވެ ރަންވީރާއި މައްސަލަޖެހުމަށްފަހު އެވެ. އަނުޝްކާ އާއި ރަންވީރާއި ރުޅިވީނަމަވެސް ފިލްމީ ދާއިރާގައި މިދެމީހުންނަކީ ރަހުމަތްތެރިންނެވެ.
އަނުޝްކާ އެންމެ ފަހުން ފެނިފައިވަނީ ޑައިރެކްޓަރ އަންންދް ގެ ފިލްމް “ޒީރޯ” އިންނެވެ.