English Edition
Dhivehi Edition
ފޮޓޯ: ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެ ނިވުމުގެ ރަސްމިއްޔާތު ފޮޓޯ ރައީސް އޮފީސް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ލޯފަން ކުދިންނަށް ޚާއްޞަ ޤުރްއާން ހިތުދަސްކޮށްދޭ ކްލާހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ޔުނިވަރސިޓީގެ މާލެ ކެމްޕަސްގައި ފެށުމަށް ހަމަޖެހިފައިވާ މި ކްލާހުގައި 30 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު. މިއީ މުޅިން ހިލޭ ކުރިއަށް ގެންދާ ކްލާސްތަކެކެވެ. މި ޕްރޮގްރާމަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 4 ފެބްރުވަރީ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެ ޔުނިިވަރސިޓީ އިން ވަނީ އެދިފައެވެ.ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯރމާއި އައިޑީކާޑުގެ ކޮޕީ އާއި ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯ ހުށަހެޅަންޖެހޭ ކަމަށް ޔުނިވަރސިޓީ އިން ކުރި އިއުލާނުގައިވަނީ ބުނެފައެވެ،

މީގެ އިތުރުން މި ޕްރޮގްރާމާބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހަކު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.ium.edu.mv އިން ލިބެން ހުންނާނެކަމަށް އިއުލާނުގައިވަނީ ބުނެފައެވެ.