ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ކުރިޔަށްގެންދާ ހަރަކާތްތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށްޓަކައި އޮންލައިން ނޫސް މަޖައްލާއެއް ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން ކުރި އިއުލާނުގައި ބުނީ އެ ޔުނިވަރސިޓީއިން ކުރިޔަށްގެންދާ ހަރަކާތްތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޯށްދިނުމަށްޓަކައި 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އޮންލައިން ނޫސް މަޖައްލާއެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ ބީލަން ބާޠިލްކޮށް އަލުން އިޢުލާން ކުރާކަމަށެވެ.
މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން އެ ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ. ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން 14 އެޕްރީލް 2022 12:30 ގައި ބާއްވާއިރު އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 20 އެޕްރީލް 2022ގެ 10:00 ގައެވެ.
މި އިޢުލާން އާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.