English Edition
Dhivehi Edition
ގައުމީ ޤުރުޢާން މުބާރާތް ފެށުމުގެ ރަސްމިއްޔާތު

މި އަހަރު، ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ 8 ވަނަ އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

29 ސެޕްޓެމްބަރުން ފެށިގެން 10 އޮކްޓޯބަރާއި ހަމައަށް ކުރިއަށް ދާ މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 2 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ.މި ގޮތުން ރާއްޖެއިން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވަނީ މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުން، ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔަވަން އެނގުން މި ދެ ކެޓެގަރީގައެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނީ މިއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވެވޭނީ 1 ބައިވެރިއަކަށް ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި

  1. އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފިރިހެނަކު ކަމުގައިވުން.
  2. އިންޓަރނޭޝަނަލް މުބާރާތެއްގައި މީގެ ކުރިން ބައިވެރިވެ 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.
  3. ތުރުކީގެ ބައިނަލް އަޤްވާމީ މުބާރާތެއްގައި މީގެކުރިން ބައިވެރިވެފައި ނުވުން.
  4. އިސްލާމީ ދުނިޔޭގައި މަޝްހޫރު ޤާރީއެއްކަމުގައި ނުވުން.
  5. ދިވެހިރައްޔިތެއް ކަމުގައިވުން ހިމެނެއެވެ

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް 2022 ޖޫން 15 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.

މިމުބާރާތުގައި ބައިވެރިކުރާނެ ބައިވެރިން ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް އެ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ.