English Edition
Dhivehi Edition

ގދ.ވާދޫ ކައުންސިލުން މިއަހަރުގެ ރަމަޟާންމަހު ބޭއްވުމަށް ނިންމާފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގދ.ވާދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހު ޢާންމުކޮށް ހުޅުވާލައިގެން ކައުންސިލުން ޤުރްއާން މުބާރާތެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެކި އުމުރުފުރާތަކަށް ބަހާލައިގެން ކަނޑައެޅިފައިވާ މުޤައްރަރަށް ކިޔަވާ އުސޫލުންނެވެ.

ކައުންސިލުން ވަނީ މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2022 ވަނަ އަހަރުގެ މާރޗް މަހުގެ 01 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ދެމެދު މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު އެ ރަށު ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެދިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް އެ އިދާރާއިން ލިބެން ހުންނާނެ ކަމަށާއި މުބާރާތުގައި ބައިވެރި ވެވޭނެ އުމުރު ފުރާތަކާއި،މުޤައްރަރު އެއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައިވާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވާދޫ ކައުންސިލުން ބުނީ މި މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި އެ އިދާރާގެ ފޯން ނަންބަރ 6840005 އަށް ގުޅުމުން މައުލޫމާތު ލިބިގެންދާނެކަމަށެވެ.