English Edition
Dhivehi Edition
ފޮޓޯ: އަލީ ނާސިރް

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 ގެ ނަމުގައި އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގައި ކުޅެވޭ ހުރިހާ މެޗްތައް ލައިވް ކޮށްދެއްވޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކުޅެވޭ ހުރިހާ މެޗްތައް ލައިވް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން، 10 ޖެނުއަރީ 2021 ވާ އާދީއްތަދުވަހުގެ ނިޔަލަށް، ކައުންސިލް އިދާރާގެ ސޯޝަލް ސާރވިސް ސެކްޝަނަށް އީ-މެއިލް އަކުން ހުށަހެޅުމަށް އެދިފައެވެ.

ދިވެހިރާއްޖޭގެ ބްރޯޑް ކާސްޓިންގ ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ހުޅުވާލާ މި ފުރުސަތުގައި، މިކަން ކޮށްދެއްވޭނެ އަގަކާއި އުޞޫލު ހުށަހެޅުމަށްވެސް ކައުންސިލް އިދާރާއިން ވަނީ އެދިފައެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ މެޗްތައް ލައިވް ކުރާ ފަރާތްތަކުން ކޮންމެ މެޗެއް ފެށުމުގެ 15 މިނެޓް ކުރިން ފެށިގެން، މެޗް ނިމި 15 މިނެޓް ހިނގަންދެން ލައިވް ކުރުމަށާއި މުޅި މުބާރާތުގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި ތަމްޞީލު ކޮށްދިނުމަށްވެސް އެދިފައެވެ