English Edition
Dhivehi Edition
ހުޅުދޫ ބަހާއުއްދީން މަގު ފޮޓޯ: އީމާން

އައްޑޫ ސިޓީ ހުޅުދޫ އަވަށުގައި ވިޒިޓާރސް ސެންޓަރގެ ޓާރމިނަލް އަދި ޕަބްލިކް ޓޮއިލެޓްސް ތަރައްގީކުރުމަށް ނިންމާ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 25 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 10:00 އިން ފެށިގެން 03 ސެޕްޓެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 12:00 އާއި ހަމަޔަށް ގަންނަން ލިބެން ހުންނާނެކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް ތިން ސަތޭކަ ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.

މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި ވިހި ހާސް ރުފިޔާ ހުށަހަޅަންޖެހޭ އިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.

މީގެ އިތުރުން އެ އިއުލާނުގައިވަނީ ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 17 ސެޕްޓެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކަމަށެވެ.