English Edition
Dhivehi Edition
އާކައުންސިލު ބައްދަލުވުން/ފޮޓޯއައްޑޫ ކައުންސިލް އިދާރާ

އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ނިންމާފައިވާ ތާރީހްތައް އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާއެކު ވަކިން ބާއްވާ މިބައްދަލުވުމުގައި 2022 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި، މާލީ ރިޕޯޓް އަދި އޮޑިޓް ރިޕޯޓް ހިއްސާކުރެވޭނެކަމަށެވެ.

މި ގޮތުން އައްޑޫ ސިޓީ ކައުންސިލުން ފޭދޫ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން 19 ފެބްރުއަރީ 2023 ވަނަ ދުވަހު ފޭދޫ ސްކޫލުގައެވެ. އަދި މަރަދޫ ފޭދޫ އަދި މަރަދޫ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން 20 ފެބްރުއަރީ 2023 ވަނަ ދުވަހު އިރުޝާދިއްޔާ ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ހިތަދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން އޮންނަނާ 22 ފެބްރިއަރީ 2023 ވަނަ ދުވަހު އައްޑޫ ހައި ސްކޫލުގައެވެ.

މީގެ ކުރިން ހުޅުދޫ އަދި މީދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ މި މަހުގެ 16 އަދި 17 ދެ ދުވަހުއެވެ. އެހެންނަމަވެސް ސިޓީ ކައުންސިލުން ވަނީ މިހާރު މި ތާރީހަށް ބަދަލު ގެނެސްފައެވެ. މި ގޮތުން ހުޅުދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން އޮންނަނީ 23 ފެބްރުއަރީ 2023 ދުވަހު ހުޅުދޫ ސްކޫލުގައެވެ. އަދި މީދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން އޮންނަނީ 24 ފެބްރުއަރީ 2023 ވަނަ ދުވަހު ސ.އަތޮޅު މަދަރަސާގައެވެ.