English Edition
Dhivehi Edition

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 30 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އިއްޔެ ހަވީރު 18:00 އާއި ހަމައަށް 2105 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 17 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި ބާކީ 13 ކޭސް ފެނުނީ ރިސޯޓްތަކުންނެވެ. އިއްޔެ 16 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 13،834 އަށް އަރައިފައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިހާތަނަށް ރާއްޖެއިން 48 މީހަކު ނިޔާވެފައިވާއިރު، އެންމެ ފަހުން މި ބަލި ޖެހިގެން ރާއްޖެ އިން މީހަކު ނިޔާވީ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ.