English Edition
Dhivehi Edition

ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ތ. އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފައިވަނީ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީއަށް މޫސުން ގޯސްވެ ގަދަ ވަޔާ، ގުގުރުމާ އެކު ބޯކޮށް ވާރެ ވެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ އިރު މޫސުމަށް ބަލައިގެން ދަތުރުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާޒުކޮށްފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ މަތީގައި އުފެދުފައިވާ ވިއްސާރަ ވިލާގަނޑެއްގެ އަސަރުކަމަށެވެ.