English Edition
Dhivehi Edition
ފެމިލީ ކޯޓު - ފޮޓޯ: ރާއްޖެ އެމްވީ

އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭގޮތަށް ހަމަޖައްސައި، ކައިވެނިކޮށްދޭނެ ގަޑިތައް އާންމުކޮށްފިއެވެ.

2021 ވަނަ އަހަރު ރަސްމީ ގަޑީގައި ފެމިލީ ކޯޓުން ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:30 އިން 11:30 އަށް އަދި މެންދުރުފަހު 13:00 އިން 13:45 އަށަށެވެ. ނުރަސްމީ ގަޑީގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ 16:00 އިން 21:30 އަށެވެ.

ކޯޓުން ބޭރުގައި ކައިވެނިކޮށްދޭން ހަމަޖެހިފައިވަނީ 2021 އޭޕްރީލް 13 އިން 2021 މެއި 19 އަށް ރޭގަނޑު 21:45 އިން 22:45 އަށެވެ. އަދި 2021 ޖުލައި 16 އިން 2021 ޖުލައި 27 އަށް ރޭގަނޑު 20:00 އިން 21:30 އަށް ކައިވެނިކޮށް ދިނުމަށް ހަމަޖެހިފައިވާއިރު އެހެން ހުރިހާ ދުވަހެއްގައި ވެސް 16:00 އިން 21:30 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނެއެވެ.

މީގެ އިތުރުން ރަމަޟާން މަހު ރަސްމީގަޑީގައި ކައިވެނިކޮށްދޭނެ ގަޑިތައް ފަހުން އިޢުލާންކުރާނެކަމަށްވެސް ފެމެލީ ކޯޓުންވަނީ ބުނެފައެވެ