English Edition
Dhivehi Edition
Aung San Suu Kyi

މިޔަންމާގެ ޑިމޮކްރަސީ ލީޑަރު އާންގް ސަން ސޫކީއަށް 1991ވަނަ އަހަރު ލިބިފައިވާ “ނޮބެލް ޕީސް ޕްރައިޒް” އަތުލެވެން ނެތްކަމަށް ނޮބެލް އިންސްޓިޓިއުޓުން ބުނެފިއެވެ.

ނޯވޭގައި ހުންނަ ނޮބެލް އިނސްޓިޓިއުޓުން ސޯސިއޭޓް ޕްރެސް އަށް ފޮނުވި އީމެއިލެއްގައި ބުނެފައިވަނީ ނޮބެލް އިނާމުގެ ފައުންޑަރު އަލްފުރެޑް ނޮބެލްގެ ވަސިއްޔަތާއި، ނޮބެލް ފައުންޑޭޝަންގެ ގަވާއިދުގައިވާ ގޮތުން ސުލްހައިގެ އިނާމު ދީފައިވާ މީހުންގެ އަތުން އެ އިނާމު އަތުލެވޭނެ ގޮތެއް ނެތް ކަމަށެވެ. މީގެ އިތުރުން ނޮބެލް އިންސްޓިޓިއުޓްގެ އިސްވެރިޔާ އޫލަވް ވިދާޅުވީ މީގެ ކުރިން ދީފައިވާ ސުލްހައިގެ އިނާމެއް އަތުލުމަށް ސްވިޑަންގެ ވެރި ރަށް ސޮޓޮކްހޮމް އަދި ނޯވޭގެ ވެރިރަށް އޮޒްލޯގައި ހުންނަ އެވޯޑް ކޮމެޓީން ވެސް ނިންމާފައި ނުވާކަމަށެވެ.

މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދޭތެރޭ އެގައުމުގައި ހިންގަމުންދާ ރަހުމުކުޑަ އަނިޔާވެރި، ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އަޑު އުފުލާފައި ނުވާތީ، ސޫކީއަށް ލިބިފައިވާ “ނޮބެލް ޕީސް ޕްރައިޒް” އަތުލުމަށް ގޮވާލައި 386،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ދަނީ ތައްޔާރު ކުރަމުންނެވެ.