English Edition
Dhivehi Edition

މިޔަންމާ ސަރުކާރުން ރޮހިންޖާ ދަރިކޮޅު މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަކީ، ދަރިފަސްކޮޅު ނައްތާލަން ކުރާ ކަމެއް ކަމުގައި އ.ދ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަަރު ވިދާޅުވެއްޖެއެވެ.

އ.ދ ގެެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު ޒައިދު ރައާދު އަލް-ހުސެއިން ޖެނީވާގައި، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގައި ހޯމަ ދުވަހު ވާހަކަ ދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި، ބަންގްލަދޭޝަށް 270000 އަށް ވުރެ ގިނަ މީހުން، ހަމަނުޖެހުން ތަކުގެ ސަބަބުން އެތެރެ ވެފައިވާ ކަމަށެވެ. އަދި ބޯޑަަރު ސަރަހައްދުގައި އެތަށް ބަޔަކު ވަނީ ތާށި ވެފައި ކަންވެސް އެނާ ވަނީ ފާހަގަ ކުރައްވާފައެވެ.

“އަހަރެން ގޮވާލަން މިޔަންމާ ސަރުކާރަށް މިހާރު އަސްކަރީއްޔާއިން ހިންގާ ޖަރީމާތަށް ހުއްޓާލުމަށް، އަދި އަރައިގަނެފައިވާ ހުރިހާ އިންސާނީ ހައްގުތަށް ބަލާ ޒިންމާ ނެގުމަށް، އަދި ފެތުރިފަިވާ ނަސްލީ ތަފާތު ކުރުންތަށް ނައްތާލުމަށް” ހައިކޮމިޝަނަަރު ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. އެނާ ވިދާޅުވިގޮތުގައި މިހާރު މިފެނިގެންދަނީ “ފޮތުން” ނަސްލު ނައްތާލުން ކަމުގައެވެ.

އ.ދ އިންސާނީ ހައްގުތަކާ ބެހޭ އިސްފަރާތުން މިފަދަ އިންޒާރެށް އައިސްފައި މިވަނީ، ބަންގްލަދޭޝްގެ ޙާރިޖީ ވަޒީރުވެސް މިއީ ބޮޑު ގަތުލުޢާމެއްގެ ގޮތުގައި ސިފައި ކޮއްފައި ވަނީ ކޮށެވެ. ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިންވަނީ މިހާރު މިޔަންމާގައި ހިންގަމުންދާ ގަތުލްޢާމް ނުހުއްޓިއްޖެ ނަމަ މިޔަންމާ ގޮަވައިގެން، ގަތުލްއާމު ހިންގާކަމަށް ބުނެ ކޯޓަށް އިންސާނީ ހައްގުތަކާ ބެހޭ ޓްރައިބިއުނަލްގައި ދައުވާ ކުރާނެ ކަމަށް އިންޒާރު ދީފައެވެ. އެފަރާތުން ބުނެފައިވަނީ އެ ފަރާތުން ގޮތެއް ނިންމާނީ އަދި ކުރެވެން ހުރި ކަންކަމަކީ ކޮބާތޯ ބެލުމަށް ފަހުގައެވެ.