މިޔަންމާގެ ރާޙައިން ސްޓޭޓުގައި ތިބި ރޮހިންޖާ މުސްލިމުންނަށް އެހީގެ ތަކެތި ހިފައިގެން ފުރަން އުޅުނު ބޯޓެއް ބުޑިސްޓުންގެ ބަޔަކު ނިކުމެ ހުއްޓުވަން މަސައްކަތް ކޮއްފިއެެވެ.
މި ބޯޓަކީ ރާޙައިން ސްޓޭޓުގައި ތިބި ހާލުގައި ޖެހިފަވާ ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަން ފޯރު މޮންގްޑާއޯ އަށް ފުރަން ތައްޔާރު ކުރަމަން ދިޔަ ރެޑް ކްރޮސްގެ ބޯޓެެކެވެ. ކޮއްދިނުމަށް ބުދަ ދުވަހުގެ ހިނގި މިހާދިސާގައި އެއްވި ބުޑިސްޓުން ވަނީ ބޯޓާ ދިމާލަށް ޕެޓްރޯލް ބޮން އުކާފައި ކަމަށް ރޮއިޓާސް އިން ބުނެއެވެ. މި އެއްވުން ރޫޅާލުމަށް މިޔަންމާ ފުލުހުންވަނީ ވަޔަށް ބަޑި ޖަހާފައެވެ.
މިޔަންމާގެ ނޫހަކުން މައުލޫމާތު ދޭ ގޮތުގައި މި އެއްވުމުގެ ބައިވެރިން ވަނީ ބޯޓުގައި ތިބި އެހީގެ ތަކެތި ބޯޓުން ބާލުވަައި ބޯޓު ފުރިޔަ ނުދޭން މަސައްކަތް ކޮއްފައެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި އެއްވުމުގެ ބައިވެރިން ހިމޭން ކުރުމަށް ފުލުހުން މަސަައްކަތް ކުރަމުން ދިޔަ ވަގުތު ވަނީ ޕެޓްރޯލް ބޮން ބޯޓާ ދިމާލައް އެއްވުމުގެ ބައިވެރިން އުކާފައެވެ.
ރެޑްކްރޮސްގެ އޭޝިއާ އަށް ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު ގްރަޒިއެލާ ލެއިޗީ ޕިކޯލީ ވިދާޅުވެފައިވަނީ އެފަަދަ ހަދިސާ އެއް ހިނގާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެހީގެ ތަކެތި ފޯރު ކޮއްދިނުން މަޑު ނުޖައްސާ ކަމަށާއި އެހީގެ ތަކެތި ފޯރު ކޮއްދިނުން ކުރިއަށް ދާނެ ކަމަށެވެ.
މިޔަންމާގެ އެތެރޭގައި އެހީތަކަށް ބޮޑެތި ދަތި ތަކެއް ހުރި ދަނޑިވަޅެއްގައި ބަންގްލަދޭޝްގައި އެހީގެ ތަކެތި ހިފައިގެން ދިޔަ ރެޑް ކްރޮސް އުޅަނދެއް ވަނީ އެކްސިޑެންޓެއް ވެފައެވެ. މި އެކްސިޑެންޓުގައި ނުވަ މީހާކު ވަނީ މަރުވެފައެވެ. މި އުޅަނދު ދިޔައީ ބަންގްލަދޭޝްގައި ތިބި ރޮހިންޖާ މުސްލިމުންނަށް އެހީގެ ތަކެތި ހިފައިގެންނެވެ.