English Edition
Dhivehi Edition

ރޮހިންޖާ މުސްލިމުން ދިރިއުޅެމުން ދިޔަ، ރޯކޮށް އަންދާލާފައިވާ ބިންތައް ސަރުކާރަށް ނަގާނެ ކަމަށް މިޔަންމާ ސަރުކާރުން ބުނެފިއެވެ.

މިޔަންމާގެ ރާޙައިން ސްޓޭޓުގެ ވެރިރަށުގައި އޮތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިޔަންމާގެ މިނިސްޓާރ ފޮރ ސޯޝަލް ޑިވެލޮޕްމެންޓް ރިލީފް އެންޑް، ސެޓްލްމެންޓް، ވިން މިޔަޓް އައި ވިދާޅުވެފައިވަނީ އެގައުމުގެ ޤާނޫނު ބުނާ ގޮތުން އަންދާ ކޮންމެ ބިމަަކީ ސަރުކާރުގެ ބިންތަކަށް ވާކަމުގައެވެ.

މިނިސްޓަރ މިފަދައިން ބުނެފައިވާއިރު މީގެ ސަބަބުން ރޮހިންޖާ މުސްލިމުން އަނބުރާ ގައުމަށް އައުމުގެ ފުރުސަތު އުންމީދު ދަނީ ފަނޑުވަމުންނެވެ. މިޔަންމާގައި ހިންގަމުންދާ ގަތުލްއާންމުގެ ސަބަބުން ރޮހިންޖާ މުސްލިމުންގެ 480000 މީހުން ވަނީ ބަންގްލަދޭޝަށް އެތެރެވެފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި މި ސަރަހައްދު އަލުން އާރަސްތުކޮށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ރޮހިންޖާ މުސްލިމުންނަށް އެމީހުންގެ ރައްތަކަށް އަނބުރާ ދިއުމާ އަދި މި ސަރަހައްދު ތަރައްގީ ކުރަނީ ކޮންބަޔަކަށްޓަކާ ކަމަށް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ސެޓެލައިޓް އިމޭޖެސްއާ ހަވާލާ ދީ ވިދާޅުވެފައިވަނީ މިޔަންމާގެ ރާޙައިން ސްޓޭޓުިގެ އުތުރުން 400 އަށް ވުރެ ގިނަ އަވަށް އަންދާ އަޅިޔަށް ހަދާފައިވާ ކަމަށެވެ.

ބަންގްލަދޭޝް އަށް އެތެރެވެފައިވާ ރޮހިންޖާ މުސްލިމުން ބުނަނީ މިޔަންމާ ސިފައިން ދަނީ އެމީހުންގެ ގެތަށް އަންދަމުން ކަމަށެވެ. އަދި އެމީހުން މިޔަންމާ ބޭރު ކުރުމަށް ދަނީ، މީހުން މަރާ އަންހެނުންގެ އިއްފަތްތެރިކަން ނަގާލާ އިންސާނީއްޔަތާ ހިލާފް އެތަކެއް ޖަރީމާތަކެއް ހިންގަމުން ކަމަށެވެ.

އ.ދ އިން ބުނެފައިވަނީ މިއީ ރޮހިންޖާ ދަރިކޮޅު ނައްތާލުމަށް ކުރާ މަސައްކަތެއް ކަމުގައެވެ.

ޓެގު