English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ މުލިމަތި ޖަމްޢިއްޔާއިން ބޭއްވި، އެ ޖަމްޢިއްިޔާގެ ފުރަތަމަ ބަހުސް މުބާރާތް ޓީމް އެމްޕީއެލް އިން ކާމިޔާބުކޮށްފިއެވެ.

ޓީމް ޒޯރު އާއި ބައްދަލުކޮށް އެމްޕީއެލް އިން މު މުބާރާތް ކާމިޔާބުކުރިއިރު މުބާރާތުގެ އެންމެ މޮޅު ބަހުސްކުރުންތެރިއަކަށް ހޮވިފައިވަނީ އެމްޕީއެލްގެ ނަޝްއަތު ނަސީރުއެވެ. ޖުމްލަ 04 ޓީމް ބައިވެރިވި މުބާރާތުގެ ދެވަނަ ޓީމް ޒޯރު އިން ކާމިޔާބުކުރިއިރު ތިންވަނަ ހޯދާފައިވަނީ ނަލަފެހި ޖަމްޢިއްޔާއިންނެވެ.

Image may contain: 2 people, people standing

މުލިމަތި ޖަމްޢިއްޔާގެ އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ހަފްލާގައި މުބާރާތުގެ ވަނަތަކަށް ހޮވުނު ޓީމްތަކަށް ހަނދާނީ ލިޔުމާއި، އިނާމް އަދި ޝިލްޑް ހަވާލުކޮށްފައިވާއިރު އެ ޖަމްޢިއްޔާއިންވަނި 2021 ވަނަ އަހަރު މުޅި އައްޑޫ ސިޓީއަށް ހުޅުވާލައިގެން ބަހުސް މުބާރާތެއް ބާއްވާނެކަން އިއުލާންކޮށްފައެވެ.

މި މުބާރާތާއި ބެހޭ ގޮތުން ވާހަކަދައްކަމުން އެ ޖަމްޢިއްޔާއިން ބުނީ މިއީ މުލިމަތި ޖަމްމިއްޔާގެ އަހަރީ ދުވަހާއި ގުޅިގެން މި މަހުގެ 13 އިން 16 އަށް ކުރިއަށް ގެންދިޔަ މުބާރާތެއްކަމަށެވެ. އަދި މުބާރާތުގެ މަގްސަދަކީ ދިވެހި ބަސް ދިރުވާ އާލާކޮށް ދިވެހި ބަހުގެ ހަމަތަކާއި އެއްގޮތަށް ދިވެހި ބަސް ބޭނުންކުރަން ބާރު އެޅުންކަމަށެވެ. މީގެ އިތުރުން އިލްމީ ފެންވަރެއްގައި އުފެއްދުންތެރި ގޮތުގައި ހިޔާލު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދީ ދޫފަރިތަ ކުޅަދާނަ ވާހަކަދެއްކުންތެރިން އުފެއްދުމަކީވެސް މި މުބާރާތުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ޖަމްޢިއްޔާއިންވަނީ ބުނެފައެވެ.

މި މުބާރާތުގެ ފަނޑިޔާރުކަންކޮށްދީފައިވަނީ ހައްވާ މުހައްމަދު، ފަޒީނާ މުހައްމަދު އަދި ތާވީލް އަބްދުލް މުހްސިންއެވެ.