English Edition
Dhivehi Edition

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތެލުގެ ކޮރަޕްޝަނުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުގައި އެދުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމެޓީ (އެސްއޯއީ) ކޮމިޓީން ފާސްކޮށްފި އެވެ.

އެ ހިޔާނާތަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިނގާފައި އޮންނާނެ ކަމެއް ނޫންކަން ފާހަގަކޮށް ކޮމެޓީގެ މެންބަރުން ވަނީ އެކަން ހިނގައިދިޔައީ ކޮން މުއްދަތެއްގައި، ކޮން ދުވަސްވަރެއްގައިތޯ ބަލަން ބޭނުންވާ ކަމަށާއި އެފްއެސްއެމް އާއި އެމްޕީއެލްގެ އޮޑިޓެއް ހަދަން އެދޭ ކަމަށް ބުނެފައެވެ. މި މައްސަލަ އާއި ގުޅިގެން ކޮމެޓީގެ މެންބަރުންވަނީ އެމްޕީއެލްއަށް ބޭނުންވާ ތެޔޮ ހޯދުމުގެ ކޮރަޕްޝަނުގެ މައްސަލަ ބެލުމަށް ތަހުގީގީ އިދާރާތަކަށް ދަންނަވައި، އަދި ފާއިތުވި އަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ބޭނުންވާ ތެޔޮ ހޯދުމަށް ހިނގާފައިވާ ހުރިހާ ޓްރާންސެކްޝަނެއް ބެލުމަށް އެދިފައެވެ.

ތެލުގެ ވައްކަމުގައި އެފްއެސްއެމް މުވައްޒަފުންވެސް ބައިވެރިވާކަމުގެ ތުހުމަތުތަކެއް

މީގެ އިތުރުން ދެ ކުންފުނީގެ އިންޓާނަލް މެނޭޖްމެންޓް އޮޑިޓެއް ހަދައި، ޕްރޮސެސް ރަނގަޅަށް އޮޑިޓްކޮށް ،އޮޑިޓާ ޖެނެރަލްގެ އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެސްއޯއޯ ކޮމެޓީ އަށް އެ ރިޕޯޓު ފޮނުވުމަށްވެސް ވަނީ ފާސްކޮށްފަ އެވެ. އަދި އިންޓާނަލް ކޮންޓްރޯލުތައް އެޅުމަށް އަޅާފައިވާ ފިޔަވަޅިތަކާ އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަދި އިތުރަށް އަޅަންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ އަދި ފިޔަވަޅު އަޅަން ނިންމާފައިވާ ގޮތުގެ ޕްލޭނަކީ ކޮބައިތޯ އެމްޕީއެލް އިން ސާފުކުުރުމަށްވެސް ކޮމެެޓީ އިން ވަނީ ނިންމާފައެވެ.