English Edition
Dhivehi Edition
އެމްޕީއެލްއިން ކޮންޓެއިނަރެއް ކްލިއާ ކުރަނީ

ކޮންޓެއިނަރު ކްލިއާކުރުމުގައި ފުރަތަމަ އެދޭ ޝިފްޓިން ރިކުއެސްޓަށް ފަހު ޓްރާންސްޕޯޓް މޯޑު ބަދަލުކުރާނަމަ، އާ ފީއެއް ނަގަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ. މި އާ ޓެރިފް ތައާރަފުކޮށްފައިވަނީ މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލެ ޓާމިނަލުން ކްލިއާކުރާ އެފްސީއެލް ކޮންޓެއިނަރުތަކަށެވެ.

ބަނދަރުގެ ޔާޑު އޮޕަރޭޝަންތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމާއި، ކޮންޓެއިނަރު އަލުން ރީ-ޝިފްޓް ކުރުމުގައި ދިމާވާ ލަސްތައް ކުޑަކުރުމަކީ މި އާ ފިޔަވަޅުގެ މައިގަނޑު މަގުސަދު ކަމަށް އެމްޕީއެލްއިން ބުންޏެވެ. މި އާ އުސޫލުގެ ދަށުން 20 ފޫޓުގެ އެފްސީއެލް ކޮންޓެއިނަރެއްގެ ޓްރާންސްޕޯޓް މޯޑު ބަދަލުކުރާނަމަ ޖީއެސްޓީ ނުލައި 1،800 ރުފިޔާ ނަގާނެއެވެ. އަދި 8 ޕަސަންޓު ޖީއެސްޓީއާ އެކު އެ އަދަދު އަރާނީ 1،944 ރުފިޔާއަށެވެ.

މީގެ އިތուրން 40 ފޫޓުގެ އެފްސީއެލް ކޮންޓެއިނަރަކަށް ޖީއެސްޓީ ނުލައި 2،800 ރުފިޔާ ނަގާއިރު، ޖީއެސްޓީއާ އެކު 3،024 ރުފިޔާ ނަގާނެއެވެ. އަދި 45 ފޫޓުގެ ކޮންޓެއިނަރަކަށް ޖީއެސްޓީ ނުލައި 3،000 ރުފިޔާ، އަދި ޖީއެސްޓީއާ އެކު 3،240 ރުފިޔާ ނަގަން ވަނީ ހަމަޖެހިފައެވެ.

ބަނދަރުގެ ހިދުމަތްތައް ހަލުވިކޮށް ޔާޑުގެ ޖާގަ ބެލެހެއްޓުމަށް އެމްޕީއެލްއިން ދަނީ މިފަދަ އެކި އުސޫލުތައް ތަންފީޒުކުރަމުންނެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން ކާގޯ ކްލިއަރިންގ ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި އިތުރަށް ހަލުވިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.