English Edition
Dhivehi Edition
އެމްވީ ބޮންތި 2 --- ފޮޓޯ: މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އިންޑިއާގެ ޓުޓިކޮރިން (ސޫތުކުޅި) އިން ރާއްޖެ އަންނަ ކާގޯ ފެރީ “އެމްވީ ބޮންތި 2” ބުރާސްފަތި ދުވަހު އައްޑޫގައި ބަނދަރުކުރާނެކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ބުނެފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ކުރި ޓުވިޓެއްގައި ބުނީ އިންޑިއާގެ ޓުޓިކޮރިން އަންނަ ކާގޯ ފެރީ މި މަހުގެ 07 ވަނަ ދުވަހު އިންޑިއާއިން ފުރާފައިވާކަމަށާއި އެ ފެރީ ޑިސެމްބަރު 10 ވަނަ ދުވަހުގެ ވަގުތެއްގައި އައްޑޫއަށް ބަނދަރުކުރާނެކަމަށެވެ. މޯލްޑިވްސް ޝިޕިންގ އިން ބުނީ، ޓުޓިކޮރިން ރާއްޖޭގެ ދެކުނަށް އަންނަ ފުރަތަމަ ކާގޯ ފެރީގައި، 2713.34 މެޓްރިކް ޓަނުގެ މުދާ ގެންނާނެކަމަށެވެ.

މިއީ ހދ. ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު، މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ފެށި ކާގޯ ފެރީގެ ހިދުމަތުގެ ސިލްސިލާގެ ދަށުން ކުރިއަށް ގެންދާ އިތުރު ދަތުރުތަކެކެވެ. ކާގޯ ދަތުރުތައް ފެށުމާ ގުޅިގެން ހިތަދޫ ޕޯޓް ލިމެޓެޑުން މީގެ ކުރިން ބުނީ މިއީ ދެކުނުގެ ރައްޔިތުންނަށް އަތްފޯރާ އަގުގައި މުދާ ލިބިގެންދާނެ ކަމެއް ކަމަށާއި، ކާގޯ ދަތުރުތަކުގެ ސަބަބުން ޕޯޓަށާއި ވިޔަފާރިތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

އެމްއެސްއެސް އިން ބުނީ ކުންފުނީގެ ހޮޓްލައިން 7309700 އަށް ގުޅައިގެން، ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ކާގޯ ބުކް ކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.