English Edition
Dhivehi Edition

ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ސަލްމާން ޙާން ހުށައަޅައިދޭ ޝޯ ‘ބިގްބޮސްގެ 14’ ފެށިގެން މިހާތަނަށް އައި އިރު އެންމެ ގިނަ ބައެއްގެ ލޯތްބާއި މަގްބޫލުކަން ހޯދާފައި ދެ ތަރިންނަކީ އަބިނާވް ޝުކްލާ އާއި ބަތަލާ ރުބީނާ ދިލައިކްއެވެ.

2018 ވަނަ އަހަރުގެ ޖޫން މަހު ކައިވެނިކުރި އަބިނާވް އާއި ރުބީނާގެ ލޯބި ޖޯޑަށް ގިނަ ބައެއްގެ ތައުރީފް އޮހެމުން އަންނައިރު އެ ދެމީހުން ބިގްބޮސް ގޭގައި އުޅެމުންދާ ގޮތް ފެނި ގިނަ ބަޔަކު އަންނަނީ އެ ދެ ތަރިންނަށް ތައުރީފް ކުރަމުންނެވެ. އެހެންނަނަވެސް މި ދެމަފިރިންނަށް ތާއިދުކުރާ ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައީ ‘އިމިއުނިޓީ ސްޓޯން’ ހޯދުމަށްޓަކައި އަމިއްލަ ދިރިއުޅުމާއި ގުޅިފައިވާ ބޮޑު ސިއްރެއް ބުނަންޖެހުމުން ރުބީނާ ހާމަކުރި ވާހަކައިންނެވެ.

ރުބީނާ ބުނި ގޮތުގައި އެ އެދެމަފިރިންގެ ދެމެދުގައި މައްސަލަޖެހި ވަރިވުމަށް ނިންމާފައިވާ ކަމަށާއި އެ މައްސަލަ ހައްލުނުކުރެވިއްޖެނަމަ މިދިޔަ ނޮވެމްބަރު މަހު ވަރިވުމަށް، ކޯޓަށް ހުށަހަޅަންވެސް ނިންމިކަމަށެވެ. އިތުރަށް ރުބީނާ ބުނީ ދެމީހުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުކުރުމަށްޓަކައި ނޮވެމްބަރު މަހާއި ހަމައަށް ދެމީހުންވެސް އެކަކު އަނެކަކަށް ފުރުސަތު ދީފައިވާ ކަމަށެވެ. .”މިތަނަށް އަހަރެމެން ދެމީހުން އެއްކޮށް ނައިނަމަ، ދެމީހުންނަށް އެކުގައި ނޫޅެވުނީސް ކަން ނޭގޭ. ބިގްބޮސް ގެއަށް އައުމުގެ މަގުސަދަކީވެސް ދެމަފިރިންގެ ގުޅުން ރަގަނޅު ކުރުން” ރުބީނާ ބުންޏެވެ.

ރުބީނާގެ މި ސިއްރުގެ ސަބަބުން ބިގްބޮސްގެ އެހެން ބައިވެރިންނަށްވެސް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައިރު، އެ ދެމަފިރިންގެ، މި ހިތާމައިގައި އީޖާޒްހާން ވަނީ ބައިވެރިވެފައެވެ، އަދި ރުބީނާގެ މި ވާހަކަތައް ބައެއް ބައިވެރިން ދޮގުކޮށްފައިވާއިރު، ކަވީތާވަނީ ބިގްބޮސްގެ ގެއަކީ ގާތް އެކުވެރިންވެސް ހަތުރުންނަށްވާ ތަނެއްކަމަށާއި ގުޅުމެއް ރަގަނޅު ކުރުމަށްޓަކައި ބިގްބޮސްގެ ގެއަށް އައުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ. ކަވީތާގެ އިތުރުން ޖޭސްމިންވެސް ވަނީ ރުބީނާގެ ވާހަކަތައް ގަބޫލުކުރަން ދަތިކަން ފާހަގަކޮށް، ބިގްބޮސްއަށް އައުމުގެ ކުރިން އެދެމަފިރިން އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ގޮސްފައިވާކަމަށް ބުނެފައެވެ.

07 އަހަރު ދުވަސްވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ކައިވެނި ކުރި ރުބީނާ އާއި އަބިނާވް ވަރިވާން ނިންމި ސަބަބު އެ ދެތަރިންވެސް ހާމަކޮށްފައިނުވާއިރު ގިނަ ބަޔަކު ވަނީ ކައިވެންޏަށް ވީ މަދު އަހަރު ތަކުގެ ތެރޭގައި އެ ދެމަފިރިންގެ މެދުގައި ޖެހުނު ބޮޑު މައްސަލައަކީ ކޮބައިތޯ ބުނެ އެކަން ސާފުކޮށްދިނުމަށް އެދިފައެވެ. އެހެންނަމަވެސް މި ވާހަކަތަކަށް އެ ދެމީހުންނާއި، އާއިލާ އަދި ގާތް ފަރާތްތަކުންވެސް އަދި ވަކިއެއްޗެއް ބުނެފައެއް ނެތެވެ.

އަބީނަވް ފެނިގެން ގޮސްފައިވާ ޑްރާމާ ސީރީޒްތަކުގެ ތެރޭގައި “އޭކް ހަޒާރޯމޭން މޭރާ ބެހެނާ ހޭ”ހިމެނޭ އިރު ރުބީނާ ލީޑް ރޯލުން ފެނިގެން ދިޔައަ މަޝްހޫރު ޑްރާމާތަކުގެ ތެރޭގައި “ޝަކްތީ އަސްތިތްވާ ކޭ އެހްސާސް ކީ”ހިމެނެއެވެ.

 

ޓެގު