English Edition
Dhivehi Edition

ކަލާސްޓީވީ އިން މިއަހަރު ދައްކަމުންދާ ބިގްބޮސް14 އިގައި ފެނިގެންދާ ޓީވީ ތަރި ރާކީ ސާވަންތް އަކީ މިސީޒަންގައި ބިގްބޮސް ފަޅުފިލުވައި ދިނުމުގައި އެންމެ އިސްރޯލެއް އަދާކުރަމުން އަންނަ އެއްތަރިއެވެ. އެގޮތުން ރާކީ ބިގްބޮސް ތެރޭގައި ފެންނަނީ މަޖާ އަދި ވަރަށް އިމޯޝަނަލް މީހެއްގެ ގޮތުގައެވެ. ރާކީ އަކީ ސޯޝަލް މީޑިއާގައި ވަރަށް ނުފޫޒުގަދަ މީހެއްގެ ގޮތުގައި ފެންނަ މީހަކަށް ވީނަމަވެސް ބިގްބޮސްގައި އޭނާ ފެންނަނީ ސަކަ މިޒާޖެއްގެ މީހެއްގެ ގޮތުގައެވެ.

ބިގްބޮސް ތެރޭގައި ތަރިން އެމީހުންގެ އަސްލު ޒާތީ ދިރިއުޅުމާއި ބެހޭބައެއް ވާހަކަތައް ހިއްސާކުރާތަން ފެނެއެވެ. އެގޮތުން ރާކީވަނީ، ސޮނާލީ ކައިރީ އޭނާގެ ކުރީގެ ލޯބިވެރިޔާ އާއި ރުޅިވީފަހުން އެއްވެސް މީހަކާ ކައިރިނުވާ ކަމަށްބުނެފައެވެ. އަދި އޭނަގެ މިހާރުގެ ފިރިމީހާ ކަމަށް ބުނާ ރިތޭޝް ވެސް އޭނާއަށް މާބޮޑަށް އަލާލުން ނުދޭކަމަށާއި އަދި ފިރިމީހާ އޭނާއަށް ދަރިން ލިބުނު ކަމުގައި ވިޔަސް ގަބޫލުނުކުރާނެ ކަމަށް ބުނެފައިވެއެވެ. ރާކީ މިހެން ބުނުމާއެކު ސޮނާލީވަނީ ރާކީ ފިރިމީހާ ކައިރިން ވަރިވާން ހިތްވަރުދީފައެވެ.

ފިރިމީހާ ކައިރިން ހަމަ އެކަނިވަރިވާނީ އަބިނަވް އޭނަގެ ދަރިންގެ ބައްފައަކަށް ވުމަށް އެއްބަސްވާނަމަ ކަމަށް ރާކީ ސޮނާލީ ކައިރީ ބުނެއެވެ. އިތުރަށް ރާކީ ބުނެފައިވަނީ އޭނާ ބޭނުންވަނީ އަބިނަވްގެ އަނބިމީހާ ރުބީނާ އާއި އޭނަގެ އާއިލާ މީހުން ކައިރިން ހުއްދަ ހޯދައިގެން ގަނޑުކޮށްފައިވާ އޭނަގެ ބިސްބޭނުން ކޮށްގެން އަބިނަވް އޭނަގެ ދަރިންގެ ބައްޕައަކަށް ވުމަށްކަމަށްވެސް ރާކީ ބުންޏެވެ

ބިގްބޮސްގެ މިސީޒަންގެ ގިނަ އެޕިސޯޑްތަކުން ރާކީ އަބިނަވް އާއި ސަމާސަކުރާތަން ފެނެއެވެ. ރާކީގެ މިސަމާސަކުރުންތައް އަބިނަވްގެ އަނބިމީހާ އަށް ފެނިފައިވާ އިރު އޭނަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ދޭތަނެއް ނުފެނެއެވެ.

އަބިނަވްއާއި ރުބީނާގެ ކައިވެންޏަށް ވީ އަދި އެންމެ ހަމަހެވެ. މިދެތަރިންގެ ކައިވެނި އެހާ އެދެވޭ ކައިވެންޏަކަށް ނުވެ ދެމީހުން ޝޯއަށްފަހު ވަރިވާން ނިންމާފައިވާ ކަމަށް މި ސީޒަންގެ އެޕިސޯޑެއްގައި ރުބީނާ ބުނާތަންފެނެއެވެ.

ރާކީ ބިގްބޮސްތެރޭގައި ތަފާތު ގޮތްގޮތަށް އަބިނަވް ދެކެލޯބިވާ ކަމަށް ބުނެފައިވާއިރު އޭނަ ބުނީ އޭނަ އެދެމަފިިރިން ވަރިވާން ނޭދޭކަމަށެވެ. ނަމަވެސް އަބިނަވް އޭނައާއެކު ޝޫޓިންގ ތަކަށް ކޮފީތަކަށް އަދި ބޭރަށް ޑޭޓަށް ދާން ވަރަށް ބޮޑަށް އެދޭކަމަށެވެ.

1997 ވަނަ އަހަރު މުނިފޫހި ފިލުވުމުގެ ދާއިރާއަށް ނިކުތް ރާކީ ސާވަންތް މަޝްހޫރު ވެފައިވަނީ 2005 ވަނަ އަހަރު އޭނާ ކުޅެފައިވާ ވީޑިއޯ ލަވަ “ޕަރްދޭސިއާ” އިންނެވެ.