English Edition
Dhivehi Edition

ބޮލީވުޑްގެ އެކްޓްރެސް މަންދަނާ ކަރީމީ އަލަތު ދަރިފުޅަށް ބަނޑު ބޮޑުވުމާއި ގުޅިގެން އެބޯޝަން އެއް ހައްދަން ޖެހުނުކަމަށް ބުނެފިއެވެ.

މަންދަނާ މިހެން ބުނެފައިވަނީ އޭއެލްޓީ ބަލާޖީ އިން މިވަގުތު ދައްކަމުން އަންނަ ކަންގަނާ ހޯސްޓް ކުރަމުންއަންނަ “ލޮކްއަޕް” ރިއަލިޓީ ޝޯވް ގެތެރެއިންނެވެ.

މަންދަނާގެ ދިރިއުޅުމުގައި ހިގާފައިވާ ހަގީގީ ހަދިސާއެއް ހިއްސާކުރުމަށް އެދުމުން ކިޔައިދިނީ އޭނާއާއި ‘އޭސް” ގެ ޑައިރެކްޓަރާ އޮތް ސިއްރު ގުޅުމުގެ ވާހަކަ އާއި އޭނާ އަލަތު ދަރިފުޅަށް ބަލިވެ އިން ކަމަށާއި އެވާހަކަ ސިއްރު ލޯބިވެރިޔާ އާއި ހިއްސާ ކުރުމުން އެކަން ބަލައި ނުގަތުމުން އެބޯޝަން އެއް ހެއްދިވާހަކައެވެ. އިތުރަށް އޭނާ ބުނީ ސިއްރު ލޯބިވެރިޔާ އާއި ދެމީހުންގެ ގުޅުން ރަނގަޅު ކަމުން އޭނާ ހީކުރީ ލޯބިވެރިޔާ އެ ދަރިފުޅު ގަބޫލު ކުރާނެކަމަށެވެ. އަދި ފިރިމީހާ ކައިރިން ވަރިވާން އިންތިޒާރު ކޮށްގެން ލޯބިވެރިޔާ އާއި އެކު ދިރިއުޅުން ފަށަން އޭނާ ތައްޔާރުވެ ހުރިނަމަވެސް ބަލިވެ އިންވާހަކަ ބުނުމުން ލޯބިވެރިޔާ އޭނައާ ރުޅިވީކަމަށް ވެސް މަންދަނާ ބުންޏެވެ.

ޝޯވްގައި މަންދަނާގެ ފޮރުވިފައިވާ ސިއްރު ހާމަކުރަމުން ބުނީ ލޯބިވެރިޔާ ދަރިފުޅު ގަބޫލު ނުކުރުމުން އޭނާ އަށް އެބޯޝަން ހައްދަން މަޖުބޫރުވީ ކަމަށެވެ.

މަންދަނާ ކުރިން ކައިވެނި ކޮށްފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔެއް ކަމަށްވާ ގޯވަރް ގުޕްތާ އާއި 2017 ވަނަ އަހަރުއެވެ. އޭނާ ބުނާގޮތުން މިކައިވެނި ދެމި އޮތީ 5 އަހަރު ވަންދެން ނެވެ.

އިރާނިއަން ނަސްލުގެ އެކްޓްރެސް މަންދަނާ ބޮލީވުޑާ ގުޅުނީ 2010 ވަނަ އަހަރު އެވެ. އޭނާ ބިގްބޮސް ސީޒަން 9 އިންވެސް ފެނިފައި ވެއެވެ.