English Edition
Dhivehi Edition

ލަންކާ ކައިރީގައި އުފެދިފައިވާ ތޫފާނާއި ރާއްޖޭގެ ދެކުނު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ރާއްޖެއަށް، އާދަޔާ ހިލާފަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މިއަދު ހަވީރުން ފެށިގެން ކަނޑުދަތުރުތައް ހުއްޓާލުމަށް މުސޫމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ކުރިން ބުނެފައި ވަނީ މާދަމާއިން ފެށިގެން، ކުރިއަށް އޮތް ހަފްތާ ބަންދުގައި ބުރެވި ތޫފާނާ ގުޅިގެން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ.އެހެންނަމަވެސް މިއަދު މެޓް އޮފީހުންވަނީ މި ތޫފާން އިތުރަށް ބާރުގަދަވެ ހުޅަނގުން ހުޅަނގުއުތުރަށް ދަތުރުކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ސްރީ ލަންކާ ހުރަސްކޮށް ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރިވާނެކަމަށް ލަފާކޮށްފައެވެ. ބުރެވި ތޫފާން ސްރީ ލަންކާގެ ޓްރިންކޮމަލީ ސިޓީ އަށް މިއަދު ހަވީރު އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މި ސަރަހައްދުގެ މޫސުން ވަރަށް ގާތުން ބަލަމުންދާކަމަށް ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ އިރު ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުވެސް އިތުރަށް ބާރުގަދަވަމުން އަންނަކަމަށް މެޓް އޮފީހުން ހާމަކޮށްފައިވާއިރު މިއަދު ހަވީރުން ފެށިގެން ރާއްޖެއަށް އެ ތޫފާނުގެ އަސަރުތައް ކުރަން ފަށާނެ ކަމަށް އެ އިދާރާއިންވަނީ ލަފާކޮށްފައެވެ އަދި މޫސުން އިތުރަށް ގޯސްވާ ވަރަކަށް އެލާޓް ނެރޭނެކަމަށް އެ އިދާރާއިން ބުނެފައިވާއިރު މިތޫފާންތަކާއި ގުޅިގެން މެންދަމު ދިޔަވަރު ބޮޑުވާ ގަޑީގައި އުދައެރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށްވެސް އެ އިދާރާއިންވަނީ ހާމަކޮށްފައެވެ.