English Edition
Dhivehi Edition

ސްރީލަންކާ ކައިރިން އުފެދިގެން ދަތުރުކުރަމުންދާ ތޫފާން “ބުރެވި”ގެ އަސަރުގައި ޖެހި މިސްރާބު އޮޅިގެން ކަނޑުމަތިން ހާލުގައި ޖެހުނު އެ ގައުމުގެ ދެ މަސްބޯޓަކަށް އެމްއެންޑީއެފްއިން އެހީވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހާލުގައި ޖެހިފައިވާ ދެ ބޯޓު ހދ.ކުމުންދޫގެ ބޭރުން ފެނިފައިވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ “މޫސުން 7” ނަމަކަށް ކިޔާ ދޯންޏަކަށްކަމަށާއި މި ދެ ބޯޓު ފެނިގެން މި ދޯނިން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯރޓްކޮށްފައިވަނީ މިއަދު ހެނދުނު 08:33 ހާއިރު ކަމަށެވެ.

އިތުރަށް އެމްއެންޑީއެފް އިން ވިދާޅުވީ ދެ ބޯޓުގެ ތެރެއިން “ސެނެ ދުއާ” ބޯޓުގައި ފަސް ފަޅުވެރިން ތިބި ކަމާއި “ޖެ ޕްރަސަންސަ ވެ” ބޯޓުގައި ހަ ފަޅުވެރިން ތިބި ކަމަށާއި މި ދެ ބޯޓުގެ ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅުކަމަށެވެ

އެމްއެންޑީއެފްގެ ބެލުމުގެ ދަށުން މިއަދު ހެނދުނު 10:45 ހާއިރު މި ދެ ބޯޓު ވަނީ ހދ.ކުޅުދުއްފުށީ ބަނދަރަށް ވައްދާފައެވެ