ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށި ވަގުތު މަރަދޫ ދާއިރާގެ އެމްްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް އަޑުގަދަ ކުރައްވަން ފެއްޓެވުމުން އޭނާގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައި ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެޖެންޑާ ވިދާޅުވަމުން ގެންދެވިި އިރު ޝަރީފް އަޑުގަދަކުރައްވަން ފެއްޓެވުމުން، ނަޝީދު ފުރަތަމަ އެންގެވީ ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށެވެ. ތަކުރާރުކޮށް އެގޮތަށް އެންގެވުމުން ވެސް ޝަރީފު އަޑުމަޑު ނުކުރެއްވުމުން އޭނާގެ ނަން އިއްވަވައި ޖަލްސާ ދޫކުރައްވައި ވަޑައިގަންނަވަން އެންގެވި އެވެ.ޝަރީފް ޖަލްސާއިން ނެރެން ސާޖަންޓް އެޓް އާމްސް އަށް ނަޝީދު އެންގެވުމުން ޝަރީފް ވަނީ މަޖިލީހުގެ ތަޅުން ދޫކުރައްވާފަ އެވެ.
ޝަރީފް މަޖިލީހުގެ ތަޅުމުން ބޭރުކުރެއްވުމަށްފަހު ނަޝީދު ވިދާޅުވީ އޭނާ ނެރުއްވަން ޖެހިވަޑައިގެންނެވީ ދެ މެމްބަރެއްގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދުމާ ގުޅިގެން ކަމަށެވެ. ޝަރީފާއި ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އާ ދެމެދު ޒުވާބު ހިނގި އިރު ވެސް ހަަލީމް އިންނެވީ އޭނާގެ ގޮނޑީގަ އެވެ.ޝަރީފް އޭނާގެ މޭޒު ކައިރިއަށް ވަޑައިގން އަޑުގަދަކުރައްވަމުން ދިއުމާއި ގުޅިގެން މަޖިލީހުގެ ތަޅުމުން އެއް މެމްބަރެއްގެ ނަން އިއްވައި ދެވަނަ މެމްބަރެއްގެ ނަން އިއްވަން ބެލިއިރު އެ މެމްބަރު ނެތް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.