English Edition
Dhivehi Edition
އަލިފާން ރޯވެފައިވާ ދޯނި އޮތް ސަރަހައްދުގައި ސިފައިން ހަރަކާތްތެރި ވަނީ - ފޮޓޯ: ގާފު

މިދިޔަ މަހު 22 ވަނަ ދުވަހުގެ ރޭ ދަންވަރު ގދ. ތިނަދޫ ފަޅު ތެރޭގައި އަޅާފައި އޮތް ‘ރާސްތާ’ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.

ގޭ ސްފުޅިއަކުން ގޭސް ލީކުވެގެން ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު މީހަކު ފިހިފައިވާއިރު އޭގެ ތެރެއިން އުމުރުން 40 އަހަރުގެ މީހެއްގެ ހާލު ސީރިއަސްވެ، ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އޭނާ ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ބަދަލުކޮށްފަ އެވެ.

ގދ. ތިނަދޫ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގައި އަލިފާންރޯވެ ހަތަރު މީހަކު ފިހިއްޖެ

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ތިނަދޫ ހޮސްޕިޓަލުން 41 އަހަރުގެ އެ މީހާ ގެންދިޔައިރު ވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށާއި އެ މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ މިއަދު ހެނދުނު 8:45 ހާއިރުކަމަށެވެ.