English Edition
Dhivehi Edition

އަލިފާން ރޯވި މ.ނިރުފެހިގެ ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނުނު ފައިތިލައަކީ އަލިފާނުގެ ހާދިސާގައި ނިޔާވި މީހެއްގެ ފައިތިލަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު މ. ނިރުފެހި ގޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ނިރުފެހިގެ އަލިފާނުގެ ހާދިސާގެ ތަހުގީގުގައި މިހާރު ކުރަމުންދަނީ ތަހުގީގު ފުރިހަމަކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން ވަނީ ނިޔާވެފައެވެ. އެއީ އިންޑިއާގެ 3 އަންހެނުންނާއި 5 ފިރިހެނުންނާއި، ބަންގްލަދޭޝްގެ އަންހެނަކާއި 1 ފިރިހެނެކެވެ. އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް އަނދާފައެވެ. އެމީހުންގެ ހަށިގަނޑުތައް ނިރުފެހިގެއިން ފެނުއިރު، ގިނަ މީހުންގެ ސިފައާއި ޖިންސުވެސް ވަކި ނުވާކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ. ނަމަވެސް ފަހުން އެމީހުންގެ ޓެސްޓްތައް ހަދާ، އެ އެންމެންވަނީ ދެނެގަނެވިފައެވެ.

ނިރުފެހިގެ ސާފުކުރަމުންދަނިކޮށް އިއްޔެ ފެނުނު އިންސާނެއްގެ ފައިތިލައަކީ އަލިފާނުގެ ހާދިސާގައި ނިޔާވި މީހެއްގެ ފައިތިލަކަން ކަށަވަރުވެފައިވާ ކަމަށާއި އަދި އެ ފައިތިލަ މިހާރު ވަޅުލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނިރުފެހިގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު މ. ނިރުފެހި ގޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ނިރުފެހިގެ އަލިފާނުގެ ހާދިސާގެ ތަހުގީގުގައި މިހާރު ކުރަމުންދަނީ ތަހުގީގު ފުރިހަމަކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

އަދި ނިރުފެހިގެ ސާފުކުރަމުންދަނިކޮށް ފެނުނު އިންސާނެއްގެ ފައިތިލައަކީ އަލިފާނުގެ ހާދިސާގައި ނިޔާވި މީހެއްގެ ފައިތިލަކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެ ފައިތިލަ މިހާރު ވަޅުލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހިގެ ހިމެނޭހެން 6 ގޭބީސީއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް, ނޭޝަނަލް ޑިޒާސްޓަރ މެނޭޖެމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ)އިން ބުނެފައިވެއެވެ. ގެއްލުން ލިބުނު ގޭބީސީތަކުގެ ތެރޭގައި މ. ވާދީގެ ހަތަރު ގޭބީސީއަކާއި މ. ސޭންޑްރޯސްގެ އެއް ގޭބީސީ ހިމެނޭ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.