English Edition
Dhivehi Edition
އަލިފާން ރޯވެފައިވާ ދޯނި އޮތް ސަރަހައްދުގައި ސިފައިން ހަރަކާތްތެރި ވަނީ— ގާފު ފޮޓޯ

ގދ. ތިނަދޫ ފަޅުގައި އަޅާފައި އޮތް “ރާސްތާ” ނަމަކަށް ކިޔާ ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތަރު މީހަކު ފިހިއްޖެއެވެ.

ރޭ 12:00 ހާއިރު، ހިނގި މި ހާދިސާ، ހިނގާފައިވަނީ ދޯނީގައި ބޭނުން ކުރާ ގޭސްފުޅި ގޮވައިގެން ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާއިރު އަލިފާން ރޯވާން މެދުވެރިވި ސަބަބު ރަސްމީ ފަރާތަކުން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން އެރަށު މީހަކު ބުނީ މި އަލިފާނުގެ ހާދިސާ ހިނގިއިރު ދޯނީގައި 05 މީހުން ތިބިކަމަށާއި މި ފަސް މީހުންނަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ. އަދި މި ހާދިސާގައި ގދ.ތިނަދޫ އަށް ނިސްބަތްވާ ހަތަރު މީހަކު ފިހިފައިވާކަމަށް އެ ފަރާތުންވަނީ ބުނެފައެވެ.

މިހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ކަމާއި ގުޅޭ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.