English Edition
Dhivehi Edition

މުދަލަށް ގެއްލުން ދިނުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ވީޑިއޯއިން ފެންނަ މީހަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ, މުދަލަށް ގެއްލުންދިނުމުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.

އެހެންކަމުން މި ވީޑިއޯއިން ފެންނަ މީހާއާބެހޭ އެއްވެސް މައުލޫމާތެއް އެގޭ ފަރާތެއްވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.