English Edition
Dhivehi Edition
މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުން / ފޮޓޯ: ފުލުހުން

ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް މެސެޖުތަކާއެކު ހުޅުމާލޭ ޓްރެފިކް ފުލުހުން މަގުމައްޗަށް ނުކުމެ ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ހިންގައިފިއެވެ.

ފުލުހުން ބުނީ މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އޮފީސްތަކަށް ދިއުމަށް އާންމު ދަތުރުފަތުރުކުރާ އެންމެ ކާރުބާރު ބޮޑު އެއްވަގުތު ކަމުގައިވާ ހެނދުނު 7:30 އިން 8:00 އަށް، ހުޅުމާލެ ފޭސް 1 ނިރޮޅުމަގު 2 ވަނަ ރުއްގަނޑު ހިމެނޭ ސަރަހައްދުގައެވެ. މި ހަރަކާތަކީ ޓްރެފިކާ ގުޅުންހުރި، އާންމު ރައްކާތެރިކުރުމުގެ މެސެޖުތައް ހިމެނޭ ބޯޑުތައް ހިފައިގެން ސައިލެންޓްކޮށް ހިންގި ހަރަކާތެކެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން، ރައްކާތެރިކަމާއެކު އުޅަނދު ދުއްވުމަށާއި އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުންނަށް މުހިންމު މެސެޖުތަކެއް ލިބިގެންދާނެއެވެ.

އެކްސިޑެންޓްތައް މަދުކުރުމަށާއި މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ހުޅުމާލެ ޓްރެފިކް ޕޮލިހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓެގު