ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ޕޮލިސް ރެކްރިއޭޝަން އާއި ހުދުހުދު ބައްދަލުކުރި ފޯރިގަދަ މެޗު ޕޮލިހުން ކާމިޔާބުކުރީ 35-24 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މެޗުގައިވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ޕޮލިސް ޓީމްގެ ސީ ޝާމިލާ އަބްދުލް މަޖީދްއެވެ. ސެމީ ފައިނަލުގެ ފަހު މެޗުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހުޅުދޫ ޔޫތު ސެންޓަރު ބައްދަލުކުރި މެޗުގައި ވާދަވެރި މޮޅު ކުޅުމެއް ފެނިގެން ދިޔައިރު ހުޅުދޫ ޔޫތުން ފައިނަލްގެ ޖާގަ ކަށަވަރުކުރީ 31-27 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުޅުދޫ ޔޫތުގެ އަމީޝާއެވެ،
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެމްއީސީ އިން ފެށި މި މުބާރާތުގެ ފޯރިގަދަ ފައިނަލްގައި ޕޮލިސް ރެކްރިއޭޝަން ކްލަބާއި ހުޅުދޫ ޔޫތު ސެންޓަރު ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ އާއި ޝިލްޑް އަދި މެޑަލް ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ އޭއޯ އެވެ.