English Edition
Dhivehi Edition

ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުޑަކުދިންނަށް ހާއްސަ ކޮށްގެން ބާއްވާ ވާޗުއަލް ދުވުމެއްގައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިިފި އެވެ.

މިމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުމާއި ގުޅޭގޮތުން، ޔުނީކްސް ސްޕޯޓްސްއިން ބުނީ މި ދުވުމަކީ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕްރޮޖެކްޓް ގާޑިއަން އަދި ޔުނިސެފް ގުޅިގެން ބާއްވާ ދުވުމެއްކަމަަށާއި މި ދުވުމުގައި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ހިލޭ ބައިވެރިވެވޭނެ ކަމަށެވެ.

މި ދުވުމުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރުން މިހާރު ހުޅުވާލާފައިވާއިރު، މި ދުވުމުގައި ކޮންމެ އުމުރެއްގެ ކުއްޖަކަށް ވެސް ބައިވެރިވެވޭނެކަމަށް މިކަން އިންތިޒާމުކުރާ ފަރާތުންވަނީ ބުނެފައެވެ. އަދި މި ދުވުމުގައި ބައިވެރިވެ ދުވުން ފުރިހަމަ ކުރާ ކޮންމެ ބައިވެރިއަކަށް މެޑަލްއެއް ލިބޭނެ ކަމަށްވެސް އެ ފަރާތުންވަނީ ބުނެފައެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ކަމަށްވާ ސެޕްޓެމްބަރު 27 ވަނަ ދުވަހުވެސް ޔުނީކްސް ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ވަނީ އިންޓަނޭޝަނަލް ވާޗުއަލް ދުވުމެއް ކަމަށްވާ، “ރަން މޯލްޑިވްސް” ބާއްވާފައެވެ.