މިޔަންމާގައި ދިރިއުޅެމުންދާ ރޮހިންޖާ ދަރިކޮޅުގެ މުސްލިމު އަބާދީއެއް ކަތިލައި ދިރިތިއްބާ އަންދައި ހުސްކުރަމުން ދާއިރު އެކަމާއި ގުޅިގެން އެއްވެސް ވާހަކައެއް އދގެ އިންސާނީ ހައްޤުތަކާއިބެހޭ ސްޕެޝަލް ރެޕްޗުއަރ ޑރ. އަހްމަދު ޝަހީދު ނުދައްކަވާ ހަނު ހުންނަވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
މަ ގަތުލު އާމާއި ގުޅިގެން، ދީނީ މިނިވަންކަމަށާއި އިންސަނީ ހައްޤުތަކަށް ވަކާލާތު ކުރައްވާ ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޝަހީދު ބަސްފުޅުއް ވިދާޅުނުވެ ހަނު ހުންނަވަނީ ކީއްވެގެންތޯ ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ. މީގެ އިތުރުން ގިނަ ބަޔަކު ބުނަމުން ގެންދަނީ މާ އާދައިގެ މައްސަލަތަކުގައިވެސް އދ އިން ކުއްލި ބައްދަލުވުންތައް ބާއްވައި ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި މިޔަންމާގެ މުސްލިމުންނަށް ކުރަމުންދާ އަނިޔަތަކުގައި އަދ އިންވެސް ބައިވެރިވާކަމަށް ގިނަ ބަޔަކުވަނީ ތުހުމަތުކޮށްފައެވެ.
މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހިމާޔަތްކޮށް ވަގުތުން ފިޔަވަޅު އެޅުމަށް އެ ގައުމުގެ ލީޑަރު އަން ސޮން ސޫޗީ އަށް މިއަންމާގެ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ ޔަންގީ ލީ ވަނީ ގޮވާލާފައެވެ.