English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނުން އިސްނަގައިގެން މި މަހުގެ 11 ވަނަ ދުވަހު ‘އެމްއީސީ ބަދެހިކަޕް’ ގެ ނަމުގައި ފެށުމަށް ހަމަޖެހިފައިވާ ނެޓްބޯޅަ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ މި މަހުގެ 07 ވަނަ ދުވަހުގެ ރޭ މީދޫ އަވަށު އޮފީހުގައެވެ، އައްޑޫ ސިޓީ ހުޅުދޫ މީދޫގެ މުއައްސަސާތަކަށް ހާއްސަކޮށްގެން އެމްއީސީން ބާއްވާ މި ނެޓްބޯޅަ މުބާރާތާއި ބެހޭ ގޮތުން، އިންތިޒާމު ކޮމިޓީއިން ބުނީ މިއީ ހުޅުދޫ މީދޫގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވާއި ހުޅުދޫ މީދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ބާއްވާ މުބާރާތެއްކަމަށެވެ. މީގެ އިތުރުން މި މުބާރާތުގެ މަޤުސަދުގެ ތެރޭގައި ޒުވާނުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމާއި އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކޮށް ކުޅިވަރުގެ ރޫހް އާލާކުރުންވެސް ހިމެނޭކަމަށް އެމްއީސީއިންވަނީ ބުނެފައެވެ.

No photo description available.

ދެ ގުރޫޕަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 09 މުއައްސަސާއަކުންވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ ތެރެއިން އޭ ގުރޫޕްގައި ހުޅުދޫ ޔޫތް، އެސްޓިއޯ164، އެސްޓިއޯ ފާމަސީ، އެސްޓީއެލް ގެ އިތުރުން ހުދުހުދު ހިމެނިފައިވާއިރު ބީ ގުރޫޕްގައި ހިމެނޭ ޓީމްތަކަކީ އޭއެފްސީ، ފެނަކަ، އެމްޕީއެލް އަދި ހުޅުމީދޫ ޕޮލިސް ޓީމެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ހުޅުދޫ ޔޫތާއި އެސްޓިއޯ164 ގެ ޓީމް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، މި މެޗު ފެށޭނީ 11 ނޮވެމްބަރު ދުވަހު ހަވީރު 16:00 ގައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ އާއި ޝިލްޑް އަދި މެޑަލް ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ އޭއޯ އެވެ.

2 ކޮމެންޓް
ކިޔުންތެރިޔާ
ނޮވެމްބަރު 14, 2020
ފޭދޫ އަށް ދޭ ރިޕްލައި އެއް... އާޓިކަލް ރަނގަޅަށް ކިޔާލި ނަމަ ކޮން ކުޅިވަރެއްކަން އެނގުނީސް... ފޮޓޯ ބަލަމުން ސްކުރޯލް ކުރަމުން ލާސްޓް ލައިން ބެލިޔަކަސް ހަބަރެއް ކިޔާލީ ކަމަކަށް ނުވާނެ.. ދެންފަހަރަކުން ރަނގަޅުވާނެ D:
ފޭދޫ
ނޮވެމްބަރު 9, 2020
އާޓިކަލް ކިޔާ ނިމުން ެިރު ކޮން ކުޅިވަރެއް ކަން ވެސް ނޭގޭ