ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސައިފް އަލީ ހާން އާއި އަމްރިތާ ސިންގްގެ ދޮށީ ދަރިފުޅު އިބްރާހީމް އަލީ ހާން ފިލްމީ ދާއިރާއަށް ނިކުތުމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ސައިފް އަލީ ހާން ބުނެފިއެވެ،
2018 ވަނަ އަހަރު ފިލްމު “ކެދަރްނާތު” އިން މި ދެތަރިންގެ އަންހެންދަރިފުޅު ސާރާ އަލީ ހާންގެ ފިލްމީ ކެރިއަރު ފެށިގެންދިޔައިރު އެ ދުވަސްވަރު ސައިފް ބުނީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ހާންގެ ބޮލީވުޑްގެ ކެރިއަރާ މެދު އެއްޗެއް ބުނަން އަދި ނޭނގޭކަމަށެވެ. އެހެންނަމަވެސް ދާދިފަހުން ސައިފް ދިން އިންޓަވިއުއްގައި ބުނީ މިހާރު ފިލްމީދާއިރާއަށް ނިކުތުމަށް އިބްރާހީމް ހުރީ ފުރިހަމައަށް ތައްޔާރުވެގެންކަމަށާއި އޭނާ ބޭނުންވަނީ އޭނާގެ ހުރިހާ ދަރިންވެސް ފިލްމީދާއިރާއިން ކުރިއަށްދާންކަމަށެވެ. ” މިއީ މަސައްކަތްކުރުމަށް އެންމެ ރަނގަޅު އެއް ދާއިރާ. އަހަރެން މިހާރުވެސް ހަނދާންހުރޭ އަހަރެންގެ އުމުރު 18-17 އަހަރުގައި އަހަންނަކީ އެއްވެސް މީހެއް ނޫން. އެކަމަކު އަހަރެންގެ އަމިއްލަ ނަފްސު ހަލާކުގެ ތެރެއިން ސަލާމަތްކޮށްދީ، ވަޒީފާއެއް ލިބި، އަހަރެންގެ އަމިއްލަ ނަމެއް ލިބުނީ މި ދާއިރާގެ ސަބަބުން” ސައިފް ބުންޏެވެ.
އިބްރާހީމް ފިލްމީ ދާއިރާއަށް ޝައުގުވެރިކަން ހުރިކަން ހާމަކުރަމުން ސައިފް ބުނީ އޭނާއަކީ ބަލާލަން ރީތި ޒުވާނެއްކަމަށާއި، އޭނާއަށްވުރެ މާބޮޑަށް ވެސް އިބްރާހީމް ރީތިކަމަށެވެ. “އަހަންނަށްވުރެވެސް ރީތި ކުއްޖެއް އިބްރާހިމްއަކީ، އަހަންނަށްހީވަނީ އަހަރެންގެ ހުރިހާ ދަރިންވެސް ފިލްމީ ދާއިރާއަށް ޝައުގުވެރިވާހެން. އަހަރެންގެ އާއިލާއަކީ ފިލްމީ އާއިލާއެއް. އަހަރެން ބޭނުންވަނީ އިބްރާހީމް ކުރާ ކޮންމެ ކަމެއްގައި އޭނާއަށް ފުރިހަމައަށް ސަޕޯޓްކުރަން” ސައިފް ބުންޏެވެ. މީގެ އިތުރުން ސައިފް ބުނީ އޭނާގެ ދަރިފުޅަށް ދޭން އޮތް ނަސޭހަތަކީ ފިލްމެއް ކުޅުމަށް އެއްބަސްވުމުގެ ކުރިން އެ ފިލްމާއި ބެހޭ ގޮތުން އޮޅުންފިލުވާ. ރަނގަޅު ފިލްމުތައް ހިޔާރުކުރުންކަމަށެވެ.
2008 ވަނަ އަހަރު ސައިފް އާއި ކަރީނާ އެކުގައި ފެނިގެންދިޔަ ‘ތަށަން’ގެ ކުޑަ ރޯލަކުން އިބްރާހީމް ފެނިގެންގޮސްފައިވާއިރު، އޭނާއާއި މެދު ސައިފްކުރާ އުއްމީދުތައް ވަރަށް ފޮންޏެވެ.