English Edition
Dhivehi Edition

އިޖުތިމާއީ ގޮތުން އެހީތެރިކަން ބޭނުންވާ މީހުންނަށް ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަން (އެލަވަންސް)ގެ ރިވިއުއެއް ހަދަން ނިންމާފައިވާކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ ތިންވަނަ ސައިކަލްގައި ރޭ ވާހަކަދައްކަވަމުން, ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރާ މަސައްކަތްތަުގެ މައުލޫމާތު ޙިއްސާކުރައްވަމުން، އައިޝަތު މުހައްމަދުދީދީ ވިދާޅުވީ ރާއްޖޭގައި އެކަނިވެރި މައިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވެންސްގެ ފައިދާ ކުރާ މިންވަރު ދެނެގަތުމަށް ރިވިއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ރިވުގެ ތެރެއިން، ރާއްޖޭގައި ނުރައްކަލަށް ހުށަހެޅިދާނެ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމުގެ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި ލިބޭތޯ ބެލުމަށްވެސް ހަމަޖެހިފައިވާކަމަށް އައިޝަތު މުހައްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި އައިޝަތު މުހައްމަދު ދީދީ ވަނީ އަންހެނުންނާއި ކުޑަކުދިންނަށް ދިމާވާ އެކިކަހަލަ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގައާއި، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރުމާއި ގުޅޭގޮތުން ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން ލިބިފައިވާ އެކި އިރުޝާދުތަކާ އެއްގޮތަށް، ދާއިރާގެ މަސައްކަތް ހަރުދަނާކުރުމަށް އަޅަންހުރި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.