ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށްޓަކައި އެތަކެތީގެ ތަފްސީލްތައް ފުލުހުން ހާމަކޮށްފިއެވެ/
ފުލުހުން ވިދާޅުވީ މި ތަކެއްޗަކީ މިދިޔަ އޮކްޓޯބަރު މަހާއި މި ހިނގާ ނޮވެމްބަރު މަހުގެ އެކި ދުވަސްމަތިން މާލޭގެ އެކި ސަރަހައްދުތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާތަކެތިކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މިގޮޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
- އޮކްޓޯބަރު 12 ވަނަ ދުވަހު ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައިސްކަލެއް. އިންސިޑެންޓް ނަންބަރ 467565
- އޮކްޓޯބަރު 20 ވަނަ ދުވަހު ހެންވޭރު ސަހަރާ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 1000 ރުފިޔާ. އިންސިޑެންޓް ނަންބަރ 468298
- އޮކްޓޯބަރު 20 ވަނަ ދުވަހު ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މޯބައިލް ފޯނެއް. (ސެމްސަންގ ނޯޓް 8) އިންސިޑެންޓް ނަންބަރ 468306
- އޮކްޓޯބަރު 23 ވަނަ ދުވަހު ދަތުރުވެރިންގެ މާރުކޭޓު ކައިރިން ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބޮޑު ސަތަރިއެއް. އިންސިޑެންޓް ނަންބަރ 468521
- އޮކްޓޯބަރު 29 ވަނަ ދުވަހު ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެލްމެނިއަމް ހަރުގަނޑެއް. އިންސިޑެންޓް ނަންބަރ 469023
- ނޮވެމްބަރު 2 ވަނަ ދުވަހު އިސްކަންދަރު މަގުން ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަޅުކުލައިގެ ފަސް ނަރު ރޯލު. ކޭސް ނަމްބަރLC2020/10564
- ނޮވެމްބަރު 2 ވަނަ ދުވަހު ނީލަން ފިހާރަކައިރިން ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހުދުކުލައިގެ ބޮޑު ދާގަނޑެއް. އިންސިޑެންޓް ނަންބަރ 469336
- ނޮވެމްބަރު 2 ވަނަ ދުވަހު ޖަމާލުއްދީން ސްކޫލް ކައިރިން ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސެމްސަންގ ޓީވީއެއް. އިންސިޑެންޓް ނަންބަރ 469343
- ނޮވެމްބަރު 2 ވަނަ ދުވަހު ބެންކް އޮފް މޯލްޑިވްސް މެއިން ބްރާންޗް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އައި ފޯނެއް. އިންސިޑެންޓް ނަންބަރ 469327
ފުލުހުން ވަނީ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް އެދިފައެވެ.