English Edition
Dhivehi Edition

ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ މިފަހަރުވެސް ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު 10 ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިފަހަރުގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު 21 ނޮވެމްބަރ 2020 ވަނަ ދުވަހަށް ހަމަވާއިރު ބީއެމްއެލްއިން ވަނީ އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ހުށަހެޅުމަށް، [email protected]އަށް އީމެއިލް ކުރުމަށް އެދިފައެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގެ ދަށުން މީދޫ ރާފަޅާ ބީޗް ސަރަހައްދު އިތުރަށް ތަރައްޤީކޮށް އެ ސަރަހައްދުގައި އިށީންނާނެ ބެންޗުތައް ވަނީ ޖަހައިދީފައެވެ