English Edition
Dhivehi Edition
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ އޭއޯ ނިއުސް

ހޮރައިޒަން އެކަޑަމީ ޓީޗާސް ޓޯނަމެންޓް 2020 ގެ ނަމުގައި އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބާއްވާ ބެޑްމިންޓަން މުބާރާތް މިރޭ ފަށައިފިއެވެ.

މި މުބާރާތުގައި އައްޑޫގެ 5 ސްކޫލަކުން 8 ޓީމު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ނޫރާނީ ސްކޫލާއި އައްޑޫ ހައި ސްކޫލާއި ހިތަދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލްގެ އިތުރުން ފޭދޫ ސްކޫލެވެ.

އައްޑޫސިޓީގެ ހިތަދޫގައި ހަދާފައިވާ ބެޑްމިންޓަން އެރީނާގައި މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިރޭ ބާއްވާފައިވާއިރު މި ރަަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވެވީ އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފެވެ. ހުޅުވުމުގެ ރަސްމިއްޔާތާއެކު މިރޭވެސް ޓީމުތައް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޯޓު 1 ގައި ހިތަދޫ ސްކޫލްގެ ޓީމް ބީ އާއި ފޭދޫ ސްކޫލް ޓީމް އޭ ބައްދަލުކުރާއިރު، ކޯޓު 2 ގައި ބައްދަލު ކުރާނީ ޝަރަފުއްދީން ސްކޫލްގެ ޓީމް އޭ އާއި އައްޑޫ ހައި ސްކޫލް ގެ ޓީމެވެ.

1 ހަފްތާއަށް ކުރިއަށްދާ މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 7 ވާ ހޮނިހިރު ދުވަހުއެވެ.

ހޮރައިޒަން އެކަޑަމީ ޓީޗާސް ޓޯނަމެންޓް މާދަމާ ފަށަނީ

މިމުބާރާތް ރާވާ ހިންގުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާއިރު މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ތްރީއެސް، އަސްކަނި ސްޕޯރޓްސް، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް، މަލްޓި ސުޕަރމާޓް، ޓޫ ސްޓާ ޓޭކްއަވޭ، ވަންޑިގްރީ، ކޮންޓްރޯލް ޕީ،އެމް ޕީ ނާޒިލް، ބީޓެކް، ލުއިގޭސް ،އަދި ޑިލައިޓް ހިމެނެއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.